ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން ބުނީ ސ.ގަމުގެ ދެކުނުން 15 ނޯޓިކަލް މޭލު ބޭރުގައި، ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ބޯޓްގެ މައުލޫމާތު ސިފައިންނަށް ދީފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ސ.މަރަދޫ “ރަސްކުރި” ނަމަކަށް ކިޔާ މަސް ދޯންޏަކުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ބޯޓާއި ގުޅޭ މައުލޫމާތު ކޯސްޓްގާޑުން މިހާރު އަންނަނީ ނަގަމުންނެވެ.

މި ބޯޓު މިހާރު އޮތީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: