ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖޫރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް

ޕީއެންސީގެ ނައިބްރައީސް އާދަމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

ކުއްލި މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވެފައިވަނީ، މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ އާންމުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެވުމާއި ފަރުވާކުޑަވުމާއި މަސައްކަތްކުރާ މާހައުލުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަމަށް އިހުމާލުވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެ، މީހުން މަރުވުމާއި ޖިސްމަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި އަނިޔާތައް ލިބުން އިތުރުވަމުންދާކަމަށެވެ.

އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށޭނަ ސަމާލުކަން ނުދެވުމާއި ފަރުވާކުޑަކުރުމުގެ ނަތީޖާއެއްގެގޮތުން 26 ޖެނުއަރީ 2021 ގައި ބިއްލޫރި ޕެލެޓެއްގެ ދަށުވެ އެކަކު ނިޔާވެ، އަނެކަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވަނިކޮށް، 4 ފެބުރުއަރީ 2021 ގައި ކާޕެޓް ރޯލެއް ވެއްޓުމުގެ ސަބަބުން ޒުވާނަކަށް އިއާދަ ނުކުރެވޭވަރުގެ ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީއާއި މިނޫންވެސް އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ކަންކަން މާލޭ ވިޔަފާރި ބަނދަރުގައި ކުރިމަތިމަތިވަމުންދާކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށާއި ސުޕަވިޝަނާއި މޮނިޓަރިންގ މިހާރަށްވުރެ ވަރުގަދަ ކުރުމަށާއި ރިސްކް މެނޭޖްމަންޓް ސިސްޓަމް ހަރުދަނާ ކުރުމަށާއި މަސައްކަތްކުރާ މީހުންނަށް ސަލާމަތާއި ރައްކާތެރިކަމުގެގޮތުން ކޮންމެހެން އެނގެންޖެހޭ ކަންކަމަށް އެމީހުން އަހުލުވެރި ކުރުމަށާއި އެކަމަށް ބޭނުންވާ ތަމްރީނުތައް ފަހިކޮށްދިނުމަށާއި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ފުރިހަމަ އޮޑިޓެއް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހެދުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.

އަދި އޮޑިޓާ ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، މީހުންގެ ސަލާމަތަށްޓަކައި މަޖޫރީ ކުންފުނިތަކުން ލާޒިމުކުރާ ކަންކަމާއި ޒިންމާތައް އަދާކުރަމުންދޭތޯ ބެލުމަށާއި، އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ މީހުންނަށާއި އާއިލާތަކަށް އިންޞާފު ހޯދައިދީ، އިމަރޖެންސީގެ ވަގުތުގައި އަނިޔާ ލިބޭ މީހުންނަށާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: