މިއުޒިކްގެ އަޑު ޖެހުނީމަ އިސްލާމް ދީނަށް ލޯބި ޖެހޭ ގޮތްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާލޭގައި ޒުވާނުން މަޖާ ކޮށްލެވޭ ގޮތަށް މުނުފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ގަރާރަށް ބަހުސް އީވާ ވިދާޅުވީ.  މިއުޒިކަކީ އިސްލާމް ދީނުގައި ވެސް ހުއްދަ ކަމެއް ކަަމަށާއި މިއުޒިކްގެ ސަބަބުން ދީނަށް ލޯބި ޖެހޭ ގޮތް ވެސް މެދުވެރިވާ ކަމަށެވެ.

“މިއުޒިކްތަކުން އިސްލާމްދީން އަދި އިސްލާމީ ދައުލަތްތައް އެ މީހުންގެ ކަންފަތުގައި މިއުޒިކްގެ އަޑު ޖެހުނީމާ، އެމީހުން އިސްލާމީ ދައުލަތަށް އިތުރަށް ހިތް ކިޔާ ގޮތް ވެސް ވި،” އީވާ ވިދާޅުވިއެވެ.

ދުނިޔެއަށް މިހާތަނަށް އައިސްފައިވާ ގިނަ އިންގިލާބުތައް ވެސް އައިސްފައި ވަނީ ލަވަ އާއި މިއުޒިކުން ކަމަށް އީވާ ވިދާޅުވިއެވެ.