ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ޕާޓީގެ ކޮންގްރެސް އަންނަ މަހު ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީގެ ކޮންގްރެސް އަންނަ މަހު ބާއްވަން އިއުލާންކޮށްފި އެވެ.

އަދާލަތު ޕާޓީންް ބުނީ ކޮންގްރެސް އޮންނާނީ އަންނަ މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮންގްރެސް ކުރިއަށް ދާނީ، ޕާޓީގެ މަޝްވަރާ މަޖިލީހުގެ 188 ވަނަ ޖަލްސާގައި ފާސްކުރެވުނު “ޢަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް ވެބްކޮންފަރަންސް މެދުވެރިކޮށް ބޭއްވުމުގެ އުސޫލު” އާ އެއްގޮތަށް ކަމަށް އަދާލަތުން ބުނެއެވެ.

ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ މިޙާލަތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްލިބި، ކަމާގުޅުންހުރި އިދާރާތަކުންނާއި ސިއްޙީ މާހިރުންގެ އިރުޝާދާ ޚިލާފުނުވެ، އެއްތަނަކަށް ޖަމާވެ މަޖިލިސް ބޭއްވުމުގެ ފުރުސަތު ލިބިއްޖެނަމަ ޙާލަތު ތަންދިން މިންވަރަކުން ޤައުމީ މަޖިލީހުގެ ވީހައިވެސް ގިނަ މެންބަރުންނަށް އެއްތަނަކަށް ޖަމާވެތިބެ މި ބައްދަލުވުމުގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.

މިގޮތަށް އިންތިޒާމު ހަމަޖެހުނުކަމުގައިވިއަސް، ކޮންގްރެސް އަށް އަންނަން އުޒުރުވެރިވާ ފަރާތްތަކަށް ވެބްކޮންފަރަންސް މެދުވެރިކޮށް ޤައުމީ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

އަދި އެއްތަނަކަށް ޖަމާވެގެން މަޖިލިސް ބޭއްވުމުގެ ފުރުސަތު ލިބިއްޖެނަމަ މަޖިލިސް ބާއްވާނީ މާލޭގައި ކަމަށް އަދާލަތުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: