ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަތަކާ ގުޅިގެން 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވޭ: މަރު ކޮމިޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ހަގީގަތާ ހަމައަށް ދިއުމަށް ތަހުގީގު ކުރަމުންދާ އެކި މައްސަލަތަކާ ގުޅިގެން މިހާތަނަށް 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް އެ ރިޔާސީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރު މިސްބާހް އައްބާސް މިހެން ވިދާޅުވީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މިހާތަނަށް އެއްވެސް ބަޔެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.

މިސްބާހް ވިދާޅުވީ، ކޮމިޝަނުން މިހާތަނަށް ތަހުގީގު ކުރަމުންދާ އެކި އެކި މައްސަލަތަކާ ގުޅިގެން މިހާތަނަށް 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

މިސްބާހު ވިދާޅުވީ އެ ކޮމިޝަނުން ބަލަމުން އަންނަ 27 މަރުގެ ތަހުގީގަށް ބޭނުންވާ ހުރިހާ މީހުން ތަހުގީގަށް ހާޒިރުކޮށް ސުވާލު ކުރާނެކަމަށެވެ.

ނަމަވެސް ތަހުގީގަށް ހާޒިރުކުރާ މީހުންގެ ނަންނަ ކިޔުމުގެ ބޭނުމެއް ނެތްކަމަށެވެ.

“އެ ބޭފުޅުންގެ އަތުގަ ހެކި ހުރެއްޖިއްޔާ އެ ވެސް ހޯދަނަން. އަދި ފުލުހުންގެ އަތު އެެއްޗެއް ހުރި ނަމަ އެ ވެސް ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،”
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: