ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަފްތާއެއްގެ ތެރޭގައި 2810 މީހުން ޖޫރިމަނާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުން ރައްކާތެރިވުމުުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ތަބާ ނުވާތީ ހަފްތާއެއް ތެރޭ 2810 މީހުން ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން މިއަދު އާއްމުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 31 ވަނަދުވަހު ފެށިގެން އިއްޔެގެ ނިޔަލަށް މާސްކު ނަޅާ އުޅެގެން 1551 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އެންމެ ގިނަ މީހުން ޖޫރިމަނާކުރީ 4 ފެބްރުއަރީގައެވެ. އެދުވަހު މާސްކު ނާޅާ ބޭރުގައި އުޅުމުގެ ސަބަބުން 284 މީހުން ޖޫރިމަނާކޮށްފައިވެއެވެ.

ކާފިއުގެ ވަގުތުގައި ބޭރުގައި އުޅުނު 988 މީހަކު ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. އަދި މި މުއްދަތުގެ ތެރޭގައި ކާފިއު ވަގުތަކުގައި ވެހިކަލް ދުއްވައިގެން 271 އުޅަނދެއް ޖޫރިމަނާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮވިޑުން ރާއްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރީ މިދިޔަ މަހުގެ 31 ވަނަދުވަހުއެވެ. އެދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި ރޭގަނޑު 08:30 ފެށިގެން ފަތިހު 04:00 އަށް އެއްގަމު އުޅަނދު ދުވުން ވަނީ މަނާކޮށްފައެވެ. އަދި ދަންވަރު 11:30 ފެށިގެން ފަތިހު 04:00 މާލޭގައި މަގުމައްޗަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި މިމަހުގެ 7 ވަނަދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އަޅަައިގެން އުޅުން ވަނީ މަޖްބޫރުކޮށްފައެވެ.

މި ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: