ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ފުލުހުން އަޅާނެ: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ.މާމެންދޫގައި ރޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި މަރުވި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ފުލުހުން އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭގެ މާރާމާރީގައިި އުއްދަޔުގެ އިތުރުން އިތުރު މީހަކަށް ވެސް ހަމަލާދީފައެވެ. އޭނާ އަށް ގއ.ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

މި މައްސަލާގައި މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގަކާ ނުލައި ފުރާނައެއް ނަގާލުމަކީ ބޮޑުވެގެންވާ ފާފައެއް އަދި ކުށެއް ކަމަށެވެ. ރާއްޖޭގެ ފަސްގަނޑުގައި މިފަދަ ޖަރީމާތައް ހިންގުމަކީ ސަރުކާރުން ތަހަންމަލު ކުރާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

“އަހުމަދު އުދައްޔުގެ މަރަށް އިންސާފު ހޯދުމަށް ދިވެހި ފުލުހުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ،” އިމްރާންގެ ޓްވީޓްގައި ވިދާޅުވިއެވެ.

އުދައްޔުގެ މަރާއި ގުޅިގެން ފުލުހުން މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: