ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ރޭގަނޑު 8 އިން ފަތިހު 4 އަށް ކާފިއު ހިންގަނީ

އައްޑޫގެ ހެރެތެރެ ރިސޯޓުން ފިލާފައިވަނީ ފަސް މީހެއް - ފޮޓޯ: ޓްރިފް އެޑްވައިޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ މި ފިޔަވަޅަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކަމަށެވެ.

އެގޮތުން ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އައްޑޫގައި މާދަމާ އިން ފެށިގެން ކާފިއު ހިންގުމަށް ނިންމާފައިވާއިރު، އައްޑޫގައި މިވަގުތު ވަނީ ދެ ކްލަސްޓާ އެއް އުފެދިފައެވެ.

އެގޮތުން އެ ދެ ކްލަސްޓާ އިން 49 މީހަކު ޕޮޒިޓިވް ވެފައިވާއިރު، 200 އަށް ވުރެ ގިނަ ކޮންޓެކްޓުން މިހާތަނަށް ވަނީ ފާހަގަކުރެވިފައެވެ.

އެ ކޭސްތަކާ ގުޅިގެން މި މަހުގެ ހަވަނަ ދުވަހުން ފެށިގެން އައްޑޫ އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: