ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކަށް އަރައި ފޭބުން މަނާކޮށްފި

ފުވައްމުލައް : މަތިން ނަގާފައިވާ ފޮޓޯއެއް ---- ގޫގުލް އިމޭޖް ރިސަލްޓސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުވައްމުލަކު ސިޓީ މޮނީޓަރިން އަށް ލައިފިއެވެ.

ފުވައްމުލަށް މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ދެ ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ފުވައްމުލަށް ސިޓީ ކައުންސިލުން ބުނީ ރެމްޑަމް ސާމްޕަލް ނަގާފައިވަނީ އާއްމުންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެ ފަރާތުން ކަމަށްވާތީ، ފުވައްމުލައް ސިޓީގައި ‘ކޮމިއުނިޓީ ސްޕްރެޑެއް’ އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށެވެ.

މޮނީޓަރިން ހާލަތަށް ފުވައްމުލަށް ގެނައުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗް.ޕީ.އޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުމަކީ މަނާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: