ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ކޮވިޑް ފެތުރެނީ ސަރުކާރުގެ އިހުމާލުން: އިދިކޮޅު

ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެން ފަށާފައިވަނީ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިއީ ސަރުކާރުގެ ފަރާތުން ކަންކަން ބަލަންވާވަރަށް ނުބަލާ ސިޔާސީ މަޤްޞަދުތައް ޙާސިލުކުރުމަށްޓަކައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ސިޔާސީ އަދި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ދަތުރު ފަތުރު ކުރުމުގެ ހުއްދަ ދެމުން ގެންދިއުމުގެ ނަތީޖާ ކަމަށާއި މިކަމުގައި ސަރުކާރުގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ.

“އައްޑޫ ސިޓީއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކެއް ފެންނަން ފަށާފައިވަނީ ބަލަންވާވަރަށް ނުބަލާ، އެ ސިޓީއަށް ސަރުކާރުގެ ބަޔަކު ދަތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ދިން ޚާއްސަ ހުއްދައިގެ ދަށުން އެސިޓީއަށް ޒިޔާރަތް ކުރި ބައެއްގެ ސަބަބުންނެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، އައްޑޫ ސިޓީ ނޫނަސް ރާއްޖެގެ ކަންކޮޅުތަކަށް މިފަދަ ދަތުރުތައް ސިޔާސީ ބޭފުޅުން މިހާރުވެސް ކުރައްވަމުން ގެންދަވާކަމީ ހިތާމަހުރިކަމެކެވެ. ނަތީޖާއެއްގެ ގޮތުން އައްޑޫސިޓީގެ އިތުރުން ހުވަދޫ އަތޮޅަށްވެސް ކޯވިޑް 19 އިގެ އަސަރު ވަނީ ކޮށްފައެވެ.” ބާޔާނުގައި ވެއެވެ.

އެހެންކަމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއެކު، ރާއްޖޭގެ ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ އަވަސް ފިޔަވަޅުތައް އެޅައި މިހާރު ވައިރަހުގެ އަސަރު ހުރި ސަރަޙައްދުތަކުގައި ފަސޭހަކަމާއެކު، ފަރުވާ ލިބޭނޭ އިންތިޒާމުތައް ހަމަޖެއްސުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ހަމަ އެއާއެކު އައްޑޫ ސިޓީއާއި ތިނަދޫއަށް މިވައިރަހުގެ އަސަރުކޮށްފައި ވަނީ ސަރުކާރުގެ އިހުމާލުންކަމަށް ވާތީ، ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށްވެސް އިދިކޮޅުން ގޮވާލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: