ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތައް ކަންބޮޑުވާންޖެހޭ”

ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތައް ކަންބޮޑުވާންޖެހޭ ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައިގެ މައްސަލާގައި ދައުވާކޮށް ޝަރީއަތް ފަށާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަދީ އޭނާ ރާއްޖެއިން ބޭރަށް ފުރާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން މައުމޫން ވިދާޅުވީ އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލާގައި ކަންބޮޑުވާނެޖެހޭނީ ހަމަ އެކަނި އަންހެން ބޭފުޅުން ނޫންކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ބޭސްފަރުވާ އަކަށް ފުރުމުގެ ގޮތުންނެވެ. އެގޮތުން އަލީ ވަހީދު ވަޑައިގެންފައިވަނީ އިނގިރޭސިވިލާތަށް ކަމަށްވާއިރު މިއީ އޭނާ މީގެ ކުރިންވެސް ހިމާޔަތް ދީފައިވާ ގައުމެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: