ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމާންތަކެއް ވަންދެން ޖަމާވެފައި ހުރި ކުނި ނައްތާލުމުގެ ޕްރޮޖެކްޓު އިތުރު ރަށްތަކަށް!

ރަށްތަކުގައި ޒަމާންތަކެއްވަންދެން ޖަމާވެފައި ހުރި ކުނި ސާފުކޮށް ނައްތާލުމަށް ވެމްކޯރިން ކުރިޔަށް ގެންދާ ޕްރޮޖެކްޓުގެ ތެރެއިން/ ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްރަށުގައި ޖަމާވެފައި ހުރި ކުނި ނައްތާލުމަށް ކުރާ މަސައްކަތުގެ ދަށުން އިތުރު ރަށްތަކެއްގައި އުފެދިފައިހުރި ކުނި ނައްތާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

މިއީ ވެމްކޯއިން “އެކިއުމިކޭޓަޑް ވޭސްޓް ކްލިއަރިން” ގެ ނަމުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ކުންފުނިން ވަނީ މާލެ އަތޮޅު ގުރައިދޫ އާއި، ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކުގައި އުފެދިފައިވާ ގިނަ ދުވަސްވީ ކުނިތައް ނައްތާލުމުގެ މަސައްކަތް ފަށާފައެވެ.

ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު ހިއްސާކޮށް ވެމްކޯއިން ބުނީ، މިހާތަނަށް ހދ. ކުޅުދުއްފުށިން 400 ޓަނަށްވުރެ ގިނަ ކުނި ނަގާފައިވާ ކަމަށެވެ. އަދި އެ ކުނީގެ ތެރޭގައި ހުރި ބޭނުން ކުރެވޭ ދަގަނޑުގެ ބާވަތްތައް ސާފުކޮށް ނައްތާލުމުގެ މަސައްކަތަށް، އެ ރަށަށް އިތުރު ވެސަލްއެއް ގެންދިއުމުގެ މަސައްކަތް ކުރިޔަށްގެންދާކަން ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން، ކ. ގުރައިދޫގެ ވެސް ކުނި ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށް ވެމްކޯއިން ބުނެފައިވަނީ އެ ރަށުން 25،000 ޓަނުގެ ކުނި ނެގޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ޖަމާވެފައި ހުރި ކުނިތައް ނެގުމަށް ބޭނުންވާ ވެސަލް ވެސް އެ ރަށަށް މިއަދު ދާނެކަމަށް ކުންފުނިން ބުންޏެވެ.

ވެމްކޯއިން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެކި ޒޯންތަކަށް ބަހާލައިގެން ކުނި ޖަމާވެފައި ހުރި ތަށްތަކުގައި މި މަޝްރޫއު ކުރިޔަށް ގެންދިއުމުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ގެންދާކަން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: