ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ހަވީރު 6:00 އިން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަވީރު 6:00 އިން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މިރެއިން ފެށިގެން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ހަވީރު 06:00 އިން ފަރިހު 06:00 އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެއްކަމަށެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އާންމު ކުރި އެންގުމުގައި ވަނީ ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލުކޮށް ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނު ކޮށްފައިވާއިރު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރާ ކަމަށެވެ.

މި ހާލަތުގައި މި ކަމުން އިސްތިސްނާވާނީ، ސިފައިންނާއި ފުލުުހުންގެ އިތުރުން ސިއްހީ ހިދުމަތްދޭ ތަންތަނުގެ އުޅަނދުތަކާއި އެތަންތަނުގެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރާއި އެމްބިޔުލަންސްގެ އިތުރުން އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި އިމަޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތަކެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފައިވަނީ، މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް ބަލި ފެތުރޭ މިންވަރު ކޮންޓްރޯލު ވެފައި ނުވާތީ އެވެ.

މީގެ ކުރިން މިމަހުގެ ދެވަނަ ދުވަހު އެޗްޕީއޭ އިން ނިންމާފައިވަނީ ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ދެ ހަފްތާ އަށް މަނާކުރުމަށެވެ.

އަދި ރޭގަނޑު 11 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: