ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހަކަށް އަނިޔާ ލިބިފައިވަނީ މުޒާހަރާގެ ބައިވެރިއެއްގެ ފަރާތުންނެއް ނޫން: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު މާލޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހަކަށް އަނިޔާވީ އެއްވުމުގެ ބައިވެރިއެއްގެ ފަރާތުންނެއް ނޫން ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ފުލުހުންގެ މައްޗަށް ކުރަމުން ގެންދާ ޣައިރު ޤާނޫނީ ޢަމުރުތައް ތަންފީޒު ކުރުމުގައި ފުލުހުންގެ މުއައްސަސާގެ ބައެއް ބޭކަލުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ރައްޔިތުންނަށް އަނިޔާވާ ގޮތަށް ޢަމަލުތައް ގެންގުޅޭ ކަމަށެވެ.

ނަމަވެސް އެ ކޯލިޝަންގެ ފަރާތުން ފުލުހުންނަށް އަނިޔާކޮށް ފުލުހުންނަށް ގެއްލުން ލިބޭ ގޮތަށް ޢަމަލު ކުރުމަކީ އެއްވެސް ވަރަކަށް ތަރުހީބުދީ ތާއީދު ކުރާ ކަމެއް ނޫން ކަމަށާއި އަދި އެފަދަ ޢަމަލެއް މިހާތަނަށް ހިންގާފައި ނުވާނެ ކަމަށް އިދިކޮޅުން ބުނެއެވެ.

“މިއަދުގެ ޙަރަކާތުގައިވެސް ފުލުހަކަށް އަނިޔާއެއް ލިބިފައިވަނީ އިޙުތިޖާޖުގެ ބައިވެރިއެއްގެ ފަރާތުންނެއް ނޫނެވެ. މިކޯލިޝަނުން ހިންގާ އެއްވެސް ޙަރަކާތެއްގައި ފުލުހަކަށް އަނިޔާ ކުރުމަކީ މިކޯލިޝަންގެ އެއްވެސް މެންބަރަކު ކުރާނެ ކަމެއް ނޫން ކަމުގައިވެސް ދަންނަވަން” އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ވަނީ ސަރުކާރުގެ ޣައިރު ޤާނޫނީ ޢަމަރުތަކަށް ތަބާ ނުވުމަށާއި، ޤާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން އެ ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެއްގެ ބޭނުން ކޮށް ސުލްޙަވެރި ކަމާއެކު ހިންގާ ޙަރަކާތްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ދިވެހި ރައްޔިތުންނަށް އަނިޔާވެދާފަދަ ކަންކަން ނުކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: