ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށްނެރެނީ އެޕާޓީގެ ލީޑަރުން ދައްކާ ނަމޫނާ”

ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް. އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށްނެރެނީ އެޕާޓީގެ ލީޑަރުން ދައްކާ ނަމޫނާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އުފެދުނު އެންމެމޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގާއި، އަކްރަމް އަބްދުލް ޣައްނީއަށް ނިސްބަތްކޮށް އެމްޑީޕީއަށް ނިސްބަތްވާ ސޫޒަން ދައްކާފައިވާ ވާހަކަތައް ކުށްވެރި ކުރައްވައި ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ޤައުމަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް އިޙްތިރާމްކުރަންޖެހޭ ކަމަށެވެ. އަދި ކޮންމެ ޤަޢުމެއްގައިވެސް ފަޚްރުވެރިވާ ކަންކަމާއި މީހުންނަކީ އެ ޤައުމެއްގެ އައިޑެންޓިޓީގެ ބައެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

“އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށްނެރެނީ އެޕާޓީގެ ލީޑަރުން ދައްކާ ނަމޫނާ. މަޢާފަށް އެދެންޖެހޭ.” ޖަމީލް ވިދާޅުވިއެވެ.

ދަނގަޑޭ އާއި އަކްރަމްގެ ފޮޓޯއާއެކު ސޫސަން ކޮށްފައިވާ ޓްވީޓުގައި ރައްޓެއްސަކާ ހަވާލާދީކަމަށް ބުނެ ލިޔެފައިވަނީ ޖިހާދަށް ދާން ތައްޔާރަށް ތިބި ބަޔަކު ފުޓުބޯޅަ ކުޅޭތަން ބަލަން ދާނެތޯ އާއި އެމީހުން ކުޅޭތަން ބަލަން ދާނެ ބަޔަކު ތިބިތޯ ސުވާލު އުފައްދާފައެވެ.

އެ ޓްވީޓަށް ސޯޝަލް މީޑިއާގައި އާންމުންގެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: