ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގައި 80 ޕަސެންޓް ގޮނޑި އެމްޑީޕީއަށް ނެގޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިންތިހާބުގައި 80 ޕަސެންޓަށް ވުރެ ގިނަ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 172 ވަނަ  ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނީ 57 ޕަސެންޓް ކަމަށާއި އަދި ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރީ ގޮނޑީގެ 75 ޕަސެންޓުން ކަމަށެވެ.

“އަޅުގަނޑަށް ފެންނަ މަންޒަރުގައި 80 ޕަސެންޓަށް ވުރެ މައްޗަށް ގޮނޑި އިރާދަކުރެއްވިއްޔާ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ކާމިޔާބު ކުރެވިގެންދާނެ” ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ކާމިޔާބު ކުރުމަށްޓަކާ ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުން ވަރަށް މުހިއްމު ކަމަށާއި އެގޮތުން ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާއިރު މި ނިޒާމު ދަންނަ ބައެއްގެ އަތް މައްޗަށް ފުރަތަމަ މިކަން ހިނގަންނަން ފުރުސަތު ދޭންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: