ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓްގައި މައްސަލަ ހުރި ނަމަ އެކަން ބަލާ ހައްލު ހޯދައި ދޭނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފްލެޓް ލިސްޓްގައި މައްސަލަ ހުރި ނަމަ އެކަން ބަލާ ހައްލު ހޯދާ ދޭނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ދެންމެ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ފްލެޓްތައް އެންމެ ޙައްޤުވާ ފަރާތްތަކަށް ނުލިބި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

“އަޅުގަނޑަށް އިނގޭ ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުން އެބަހުރިކަން. 7000 ފްލެޓަށް 25،000 މީހުން ކުރިމަތިލާ އިރު ޝަކުވާ ހުންނާނެ. އެކަން ބަލާ ހައްލު ހޯދައި ދޭނަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ، މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާާާއި މި ސަރުކާރުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރައްވާ ކަމަށެެެވެ.

މަސައްކަތް ނިމުމުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. 2018 ގަ ދާއިމީ ލިސްޓުގެ 70ޕޮއިންޓު ލިބިގެން ޕުލެޓު ޔަގީންވީމަ ވަރަށް ޕޮނިއުށްމީދުގައި ދިރިއުޅެމުން ގޮސް 2އަހަރު ފަހުން ،ޱިސްކޮލިފައި ކޮއްލީމަ ދެން ކިހިނެއް ދިރައުޅުން އާރާސްތު ކުރާނީ.ގެއެއް އަމިއްލަޔަށް އެޅިޔަސް ނިކަމެތި މީހާ އަތުން ނަގާފަ މާލޭ ބޭފުލުންނަށް ދޭނެ ކަންޔަގީންވެއްޖެ. އެއީ މާލެ ގަައޮތް ބިމަކައްވީމައޭ ކިޔާފަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: