ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރު ނިމުމުގެ ކުރިން ހުވަދު އަތޮޅުގައި އިންޓަނޭޝަލް އެއާޕޯޓެއް ގާއިމް ކުރާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދައުރު ހަމަވުމުގެ ކުރިން ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށްޓަކައި އޮންލައިންކޮށް އަތޮޅުތަކުގެ އެމްޑީޕީ މެމްބަރުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.

ގއ. އަތޮޅުގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ހުވަދުއަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓް އަޅާނެ ރަށެއް އަދި ކަނޑައަޅުއްވާފައިނުވާ ކަމަށާއި މި ދައުރު ނިމުމުގެ ކުރިން އެކަން ކުރައްވާނެ ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ގދ. އަތޮޅުގެ ރައްޔިތުން އަންނަނީ އެއަތޮޅު ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކޮށްދިނުމަށް ޑިމާންޓް ކުރަމުންނެވެ. އެ އަތޮޅުގައި މިވަގުތު ހިންގަމުން އަންނަނީ ތިން އެއާޕޯޓެވެ. އެއީ ކާޑެއްދޫ އެއާޕޯޓްގެ އިތުރުން ގދ. މާވާރުލު އެއާޕޯޓާއި ގއ. ކޫއްޑޫ އެއާޕޯޓެވެ. އަދި އެ އަތޮޅު ފަރެސްމާތޮޑާގައި އަޅަން ރައީސް ޔާމީންގެ ސަރުކާރުން ނިންމި އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދަން މި ސަރުކާރުން ވަނީ ނިންމާފަ އެވެ.

ހުވަދުއަތޮޅަށް މި ސަރުކާރުން ދޭން ގަސްދު ކުރައްވާ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހައި ސްޕީޑް ފެރީގެ ހިދުމަތް އަންނަ އަހަރު އެ އަތޮޅުގައި ގާއިމް ކޮށްދެއްވާނެ ކަމަށެވެ.

ހުވަދުއަތޮޅުގެ ފެރީގެ ނިޒާމްގެ ތެރެއިން ކާގޯ އުފުލޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ޞާލިހް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: