ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނާއި ވަކީލުންގެ ފޯންކޯލް އަޑުއަހާ ކަމުގެ ތުހުމަތު

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ދައްކަވާ ވާހަކަތައް ސަރުކާރުން އަޑުއަހާ ކަމަށް ގާނޫނީ ޓީމުން ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ވަކީލާއި މުވައްކިލުންގެ ބައްދަލްވުންތަކާއި ފޯނު ކޯލުތަކަކީ ގާނޫނީ ގޮތުން ރައްކާތެރިކުރެވިފައިވާ މުއާމަލާތްތަކެއް ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ކުރައްވާފައިވާ ދައްކަވާފައިވާ އެހެން އެއްވެސް ފަރާތަކާއި ހިއްސާކޮށްފައިނުވާ ބައެއް ވާހަކަތަކަށް އުނި އިތުރު ގެނެސްގެން ސަރުކާރަށް ތާއީދު ކުރާ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

“މިކަން ހިނގާދިޔަ ގޮތަށް ބަލާއިރު އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުވައްކިލާއި ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ފިނޑި އަމަލު ސަރުކާރުން ހިންގާ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭތީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވަސް ކަރެކްޝަނަލް ސާވިސްއަށް އިލްތިމާސްކުރަން،” ނޫސް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ވަކީލުން ބުނީ ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައިގެ ތަހުގީގު ބަޔާނުގައި ސޮއިކުރަން މިއަދު މާފުށީ ޖަލަށް ދާން ފުލުހުން ވަކީލުންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު އަވަސްކުރަން ޖެހޭ ޒަރޫރަތެއް ނެތްއިރު، އަދި ކޮވިޑް 19ގެ ހާލަތު ގޯސްވަމުންދާތީ ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށް ނުވާނެތީ ބަޔާނުގައި ސޮއިކުރުން ފަސްކޮށްދިނުމަށް ވަކީލުންގެ ފަރާތުން އެދުނު ނަމަވެސް ފުލުހުން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް ވަކީލުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: