ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރު ލިބުމާއެކު ރައީސް ނަޝީދަކީ މިހާރު ޖައްލާދެއް: ޖަމީލު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ ބަދަލުހިފަން ފެންބޮވައިގެންފައިވާ ހުދުމުހުތާރު ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލު މަޤާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމާ ގުޅިގެން ޖަމީލް ވިދާޅުވީ ރައީސް ނަޝީދަކީ ބަދަލުހިފުމުގެ ރޫހުން ފޯވެފައިވާ ޚުދުމުހުތާރު ބޭފުޅެއް ކަމަށެވެ.

“ރައީސް ނަޝީދަކީ ބަދަލް ހިފުމާއި ޒާތީވުމަށް ފެންބޮވައިގެންފައިވާ އެފަދަ ދެވަނައެއް ނެތްފަދަ ޚުދުމުޚުތާރު ބޭފުޅެއް. ބާރު ލިބިވަޑައިގަތުމުން މިހާރު ބަދަލުވެފައިވަނީ ޖައްލާދަކަށް. ރއީސް އިބޫގެ ފިނޑިކަމާއި ނާގާބިލްކަން ފަޅާއަރާ ނިމިއްޖެ.”  ޖަމީލު ވިދާޅުވިއެވެ.

މަލީހްގެ އިތުބާރު ނެތްކަމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ. އަދި މަލީހުގެ އިތުބާރު އޮތްކަމަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެމްބަރުން ތިއްބެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: