ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާ ކަނޑައިގެން ގޮސް ކަނޑަށް ގެއްލުނު ދޯންޏެއް ހޯދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިގެން ރޭގައި ރިޕޯޓުކުރި މަސްދޯނި ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ “ވީނަ” ނަމަކަށް ކިޔައި އެ މަސްދޯނި ހޯދުމަށް ވައިގެ މަގުން އެމްއެންޑީއެފްގެ ހެލިކޮޕްޓްރުގައި ކުރި މަސައްކަތުން އެ ދޯނި ފެނިފައިވާ ކަމަށެވެ.

ގެއްލުނު މަސްދޯނި ފެނިފައިވަނީ އައްޑޫސިޓީގެ ހުޅަނގުން 40 ނޯޓިކަލްމޭލު ބޭރުން، މިއަދު ހެނދުނު 9:58 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

“ވީނަ” މަސްދޯނި ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ރޭ 8:15 ހާއިރެވެ. އެ ދޯނި ހޯދުމަށް ދޯނީގެ ވެރިފަރާތުންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރޮން ލޯންޗު ހުއްޓުމެއް ނެތި ހަރަކާތްތެރިވަމުން ދިޔަކަން އެމްއެންޑީއެފުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: