ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބް ރައީސް ހުންނެވީ އެމްޑީޕީއާއެކުއެެއް ނޫން! ވަރަށް ސާފުކޮށް ޖޭޕީއާއެކު: ޖޭޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބް ރައީސް ފައިސަލް ނަސީމް ހުންނެވީ އެމްޑީޕީއާއެކުއެެއް ނޫން ކަމަށާއި އެމަނިކުފާނު ހުންނެވީ ޖުމްހޫރީ ޕާޓީއާއެކު ކަމަށް އެ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ސަންގާއި ވާހަކަދައްކަވަމުން އެ އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައި ނާއިބު ރައީސް ފައިސަލް ނަސީމް ހުންނެވީ އެމްޑީޕީއާއެކު ކަމަށް ސިފަވާގޮތަށް އެމަނިކުފާނު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ހިލާލީގޭގައި ދެ ބޭފުޅުން އެކުގައި ސައިބައްލަވަނިކޮށް ނަންގަވާފައިވާ ފޮޓޯއަކާއެކު ރައީސް މުހައްމަދު ނަޝީދު ޓްވީޓް ކުރައްވާ ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެންޕެއިންގައި ނާއިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީއާއެކު ހުންނެވިކަމީ އެމަނިކުފާނު ރާއްޖެއަށް ހެޔޮ އެދިވަޑައިގަންނަވާ ކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ.

އެ ޓްވީޓް ރިޓްވީޓް ކުރައްވާ ފައިސަލް ވިދާޅުވީ ރަައީސް ނަޝީދުއާ ބައްދަލުކޮށް ހިޔާލު ބަދަލު ކޮށްލެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

“ލޯކަލް ކައުންސިލް ކެންޕެއިން ގައުމީވަންތަ އަދި ރައްކާތެރި ރޫހެއްގައި ކުރިއަށް ގެންގޮސް އިރާދަކުރެއްވިއްޔާ އަލިވިލޭނީ މާ އަލިގަދަ ފަތިހަކަށް،” ފައިސަލްގެ ޓްވީޓްގައި ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ޖޭޕީގެ އޮފިޝަލް “ސަންގަށް” ވިދާޅުވީ ނައިބް ރައީސްގެ އެ ޓްވީޓުގައި އެމްޑީޕީއަށް ކެމްޕެއިން ކޮށްދެވޭ ފަދަ އެއްވެސް ވާހަކައެއް ބުނެފައި ނުވާ ކަމަށާއި އެމަނިކުފާނު އިންތިހާބުގައި ތާއީދު ކުރައްވާނީ ޖޭޕީގެ ކެންޑިޑޭޓުންނަށް ކަމަށެވެ.

“ނައިބް ރައީސް ހުންނެވީ އެމްޑީޕީއާއެކުއެެއް ނޫން! ވަރަށް ސާފުކޮށް ޖޭޕީއާއެކު.” އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީ ވާދަ ނުކުރާ ދާއިރާތަކުގައި އެމްޑީޕީގެ ކޯލިޝަނުގެ އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށް ތާއިދު ކުރުމަކީ ނައިބް ރައީސްގެ އަމިއްލަފުޅު ކަމެއް ކަމަަށެވެ.

ނާއިބް ރައީސް ފައިސަލް ނަސީމްއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައިވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވައެވެ. ނަމަވެސް ޖޭޕީން ފަހަކަަށް އައިސް ބާއްވާ އެއްވެސް ހަރަކާތެއްގައި ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާ ތަނެއް ނުފެނެއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 53%ބޮޑު ޖޯކެއް 16%ހައިރާންވެއްޖެ 5%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނައިބަކީ ދެފުއްކެހެރިއެނު. އެޔޮތީ ދެތަނުން ތައްގަނޑުޖައްސަވާފަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: