ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފަންދުވަސް ފާހަގަކޮށް, ލަވަކިޔާ މިއުޒިކު ކުޅެ, މުނިފޫހި ފިލުވުން ދީނުގައި ހުއްދަ، ހަރާމެއް ނޫން: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް/ ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އުފަންދުވަސް ފާހަގަކޮށް, ލަވަކިޔާ މިއުޒިކު ކުޅެ, މުނިފޫހި ފިލުވުން ދީނުގައި ހުއްދަކަމަށައި އެއީ ހަރާމްކަމެއް ނޫންކަމައް ކުރީގެ ރައީސް މައުމޫޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

‏އިސްލާމްދީނުގައި ޙަަރާމްކުރައްވާފައިވާ ކަންތައްތަކަކީ ކޮބައިކަމާމެދު އޮޅުންއަރާގޮތަށް ވާހަކަދެކެވެމުންދާތީ ކަމުގެޙަޤީޤަތް ބަޔާންކުރެވޭތޯ ބެލުމުގެގޮތުން ކަމައްބުނެ ރައީސް މައުމޫން މިއަދު ޓުވިޓަރގައި ހާމަކުރި ލިޔުމެއްގައި ބުނެފައިވަނީ މާތް ﷲ ހަރާމް ކުރެއްވިކަން ސާބިތުނުވާ އެއްވެސް ކަމެއް އެހެން އިންސާނަކައް ހަރާމް ނުކުރެވޭނެކަމަށެވެ.

އެލިޔުމުގައި އިތުރަށް ބުނެފައިވަނީ ޤައުމީ ނުވަތަ އިޖްތިމާޢީ މުނާސަބަތުތައް ފާހަގަކުރުމާއި، އިންސާނީ ގުޅުންތައް ބަދަހިކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަންދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހި ފިލުވުމަށް ކުރާ ކަންކަމާއި، ލަވަކިޔުމާއި، މިޔުޒިކު ކުޅުން ފަދަ ކަންކަމަކީވެސް ޙަރާމް ކަމެކޭ ބުނާނެ ތަނެއް ނެތް ކަމަށާއި އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ޙަރާމް ކަމެއް އެކުލެވިގެން ވާ ނަމަ ނުވަތަ އެ ކަމަކީ ޙަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތަކަށް ވާ ނަމަ އެ ކަމެއް ޙަރާމް ވާނެކަން ޔަޤީން ކަމަށެވެ.

އަދި އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަންތައްތަކާ ބެހޭގޮތުން ނަޒަރު ހިންގާއިރު، އިސްލާމްދީނަކީ ލުއިފަސޭހަ، އަދި ހުރިހާ ޒަމާނަކަށާއި ތަނަކަށް އެކަށީގެންވާ ނިޒާމެއްކަން ސާބިތުކޮށްދޭ ވަރަށް މުހިންމު ކަމަކަށް ސަމާލުކަން ދޭން ޖެހޭކަމަށް މައުމޫންްްްގެ ލިޔުމުގައި ބުނެފައިވެއެވެ.

 

ވަރަށް ގަދަ
21%ވަރަށް ގަދަ 16%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 10%ވަރަށް ދެރަ 48%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މަަރުމަތީގަވެސް ހެޔޮ އެއްޗެއް ނުކިޔާނެ މިކަލޭގެ.. ދެންމަރުވާން އި

  2. މައުމޫނު ހަމަތޯ؟ ނޫނީސިހުރުގެ އަސަރުކުރީތޯ؟ އިމްރާނު ލައްވާ ރުގުޔާ ކުރަން ފެންނަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: