ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ އިރުޝާދާއެކު ކެމްޕޭނަށް މެމްބަރުން ދާއިރާތަކަަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކައުންސިލް އިންތިހަަބަށް ކެމްޕެއިނު ކުރުމަށް އަތޮޅު ތެރެއަށް ވަޑައިގެންފިއެވެ.

މިއަދުގެ މަޖިލިސް ފައްޓަވައި، ވާހަކަދައްކަވަމުން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ޖަލްސާގައި ތިއްބެވީ 27 މެމްބަރުންނެވެ. ސަލާމުގައި 7 މެމްބަރަކު ތިއްބެވިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އޭގެތެރެއިން ބައެއް މެމްބަރުން ވަނީ ދާއިރާތަކަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންފައި ކަމަށެވެ.

އެގޮތުން ސަލާމުގައި ތިއްބެވި ފުވައްމުލަކު ދާއިރާގެ 3 މެމްބަރުން ސަލާމް ވިދާޅުވެފައި ވަނީ ކެމްޕޭނަށް ދާއިރާއަށް ވަޑައިގަތުމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މެމްބަރުން ދާއިރާތަކަށް ވަޑައިގެންފައިމިވަނީ ކެމްޕެއިން ކުރެއްވުމަށް ދާއިރާތަކަށް ވަޑައިގެންނެވުމަށް މެމްބަރަކު އެދިވަޑައިގެންފިނަމަ، އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައިވަނިކޮށެވެ. އަދި މިއަދުގެ ޖަލްސާގައި އެކަން ފާހަގަކުރައްވާ ވިދާޅުވެފައިވަނީ އެއް ދުވަހުގެ ސަލާމެއް ނެންގެވުމަށްފަހު އެ މެމްބަރުން ދާއިރާތަކަށް ވަޑައިގަތީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: