ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑުއްވަރީ ރޭޕްކޭސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނިމަށް އެދި މަޖިލީހަށް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ.މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ، މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހުށަހަޅުއްވައިގެން ބައްލަވައިދެއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ހުށައަޅުއްވައިފިއެވެ.

އާދަމް ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ފޮނުއްވި ސިޓީއެއްގައި ވަނީ މާލެއިން އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު، މި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި އޭނާ ކިޔަވާ ސްކޫލް ކައިރީގައި ހުންނަ ގެސްޓްހައުސް އަކަށް ބަޔަކު ވައްދައި، މަރާލާނެކަމުގެ ބިރު ދައްކައި، ރޭޕްކޮށްފައިވާކަމަށް، ކަމާބެހޭ ފަރާތްތަކަށް ކިޔައިދީފައިވާކަމަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތުލިބޭ ކަމަށެވެ.

އެ ހާދިސާ ހިނގިތާ މިހާގިނަ ދުވަސް ވީއިރުވެސް، އަދި ދަރިވަރުގެ ދުލުން މިވާހަކަތައް ކިޔައިދީފައިވާއިރު ވެސް،
ރޭޕްކުރިކަމަށް ތުހުމަތުކުރެވޭ މީހުން ސުވާލުކޮށްލަން ވެސް ހާޒިރުކޮށްފައި ނުވުމަކީ އަނިޔާ ލިބުނު މައުސޫމު ކުއްޖާއަށް އިންސާފު ލިބޭނެކަމާމެދު ސުވާލު އުފެދޭ ކަމަށާއި އަދި މިއީ، ކަމާބެހޭ މުއައްސަސާތަކުން ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްޖެހެމުންދާކަން ދޭހަވާ، އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުންފަދަ ސީރިއަސް މައްސަލަތަކާމެދު އެއްވެސް ވަރެއްގެ ސަމާލުކަން ނުދޭކަން ދޭހަވާ ކަމެއް ކަަމަށް އެ ސިޓީގައި ބުނެ އެވެ.

އެހެންވެ، އަނިޔާ ލިބުނު ކުއްޖާގެ ރަށުގެ ރައްޔިތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް މުޒާހަރާ ކުރުމުން، އެ މުޒާހަރާކުރި މީހުންގެ ތެރެއިން 10 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށާއި އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ނުލިބި، މުޖުރިމުން މިނިވަންކަމާއެކު ދޫވެފައި ތިބުމުން މުޅި މުޖުތަމައުގެ މަސްލަހަތު ގެއްލެމުންދާކަން
ފާހަގަކުރެވޭ ކަމަށެވެ.

އެ ކުއްޖާ، ކަމާބެހޭ ފަރާތްތަކަށް ހާދިސާ ކިޔައިދީފައިވާތީވެ، ރޭޕް ކުރި މައްސަލަ، ވީއެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހުށަހަޅައިގެން ބައްލަވައިދެއްވުން ވެސް އެދިވަޑައިގަތެވެ. އަދި މިހާދިސާއާ ގުޅިގެން އެރަށުގެ މަސްރަޙު އިތުރަށް ގޯސް ނުވާނެގޮތަކަށް އަމަލު ކުރެއްވުމަށް ސަރުކާރުން ރާއްވަވާފައިވާގޮތެއް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ މެދުވެރިކޮށް ވީއެންމެ އަވަހަކަށް ސާފުވާނެގޮތެއް ހަދައިދިނުމަށް ވެސް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: