ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޒާ ފުކަކުން ޖެހި ރައީސް ނަޝީދުގެ ހިތާ ދިމާލުން ހަތަރުވަނަ މޭކަށިގަނޑު ފުނޑިފައިވޭ: އޭޑީކޭ

ރައީސް ނަޝީދުގެ ހަށިކޮޅަށް އަނިޔާ ލިބިފައި ހުރި ތަންތަން ފެންނަ އިމޭޖު އޭޑީކޭއިން ހާމަ ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭޒާ ފުކަކުން ޖެހި ރައީސް ނަޝީދުގެ ހިތާ ދިމާލުން ހަތަރުވަނަ މޭކަށިގަނޑު ފުނޑިފައިވާ ކަމަށް އޭޑީކޭއިން ހާމަކޮށްފިއެވެ.

ރައީސް ނަޝީދުގެ ހާލަތާއި ގުޅޭގޮތުން އޭޑީކޭއިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝާފިއު ވިދާޅުވީ ރޭޒާ ފުކަކުން ޖެހި މޭކަށީގަނޑުގެ ހަތަރުވަނަ ރިބް ފުނޑިފައިވާ ކަމަށެވެ. އަދި އެ ރޭޒާފުށް ކިރިޔާވެސް ތިރިވިނަމަވެސް ހެރޭނީ ހިތަށްކަމަށް ވެސް ވިދާޅުވިއެވެ.

“ހަތަރު ވަނަ ރިބް ގަ ޖެހިފަ، ރިބް އިނީ ފުނޑިފަ، އެއް ސެންޓިމީޓަރު މައްޗަށް ޖެހުނު ނަމަވެސް ހިތަށް އަރާނެ އެއްޗެއް، ރިބް ފުނޑިގެން ގޮސް، ލަންގަށް ވެސް އެތިއެތި ކޮޅު އެޅިފަ ހުރީ،” ޑރ. ނިޝާން ވިދާޅުވި އެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ ރައީސް ނަޝީދުގެ ހަށިގަނޑުގެ ތެރެއަށް ގިނަ ދަނގަޑުކޮޅުތައް ވަދެފައިވާކަމަށެވެ. އަދި ރޭޒާ ފުށްތައްވެސް އެކި ދިމަދިމާލުން ވަދެފައިވާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނިޔާފް ވިދާޅުވީ ހޮސްޕިޓަލަށް ގެނައިތާ 10 މިނެޓް ތެރޭގައި ރައިސް ނަޝިދު އޮޕަރޭޝަން ތިއޭޓާރއަށް ބަދަލުކުރެވުނު ކަމަށެވެ. އަދި ރައީސް ނަޝީދު ގެނައުމުން ފުރަތަމަ މަސައްކަތް ކުރީ ލޭ މަނާ ކުރުމަށް ކަމަށާއި، ހަށިގަނޑުގެ އެތެރޭގައި ހުރި އެއްޗެހި ފާގަވީ ސީޓީސްކޭނަށްފަހު ކަމަށެވެ.

ހަމައެއާއެކު ފަލަ ގޮހޮރުގަ ލޯވަޅު އެޅިފައިވާ ކަމަށާއި، ދެ ތަނުން ފޫ އަޅާފައި ހުރި ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ. އަދި ބަނޑު ވެސް ފޫއަޅާފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: