ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިސްޓުގައި ނަން އޮތުމުން ނިޒާރުގެ ރައްދު: “މިއީ ފެއިލްވެފައިވާ ދައުލަތެއްގެ ސިފަ”!

އައްޑޫ ސިޓީ އިންތިހާބީ މޭޔަރު އަލީ ނިޒާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މަންފާ ލިބުނުކަމަށް ބުނެ ނަން ހިމަނާފައިވުމަކީ، އަބުރު ކަތިލުންކަމަށާއި މިއީ ފެއިލްވެފައިވާ ދައުލަތެއްގެ މިސާލެއްކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި އައްޑޫ މޭޔަރުކަމަށް އިންތިހާބުވި އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގައިދިޔަ ހިޔަނާތުގައި މަންފާ ލިބުނު މީހުންގެ ލިސްޓެއް މިއަދު ވަނީ އާއްމުކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އާއްމުކުރި މި ލިސްޓަކީ، އެސެޓް ރިކަވަރީ ކޮމިޝަނުން އެ ކޮމިޓީއާއި ހިއްސާކުރި ލިސްޓެކެވެ. އަދި މިއީ ހިޔަނާތުގެ ފައިސާ ލިބުނު މީހުންގެ ނަން ރަސްމީ އިދާރާއަކުން އާއްމު ކުރި ފުރަތަމަ ފަހަރެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިޔަށް ގެންދާ ތަހުގީގު ރިޕޯޓުުގައި 281 މީހެއްގެ ނަން ހިމެނޭއިރު، ހިޔާނާތުގެ ފައިސާ ލިބިފައިވާ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އޭގައި ހިމެނެ އެވެ.

މި ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، އަދި ސަރުކާރުގެ އިސް މަގާމުތަކުގައި އަދާކުރާ ފަރާތްތައް ހިމެނެއެވެ. މިއަދު އާއްމު ކުރި ލިސްޓުގައި ނިޒާރުގެ ނަން ހިމަނާފައިވާއިރު އެކަމާއި ގުޅިގެން އޭނާއަށް ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.

މައްސަލައިގައި ނިޒާރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުން ނެރެފައިވާ ލިސްޓަކީ ބައެއްގެ އަބުރު ކަތިލުމަށް ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އަދި ލިސްޓުގައި “އިންފޮމޭޝަން ކަލެކްޝަން” ޖަހައި، އޭނާއަކީ ވަގެއްކަމަށް ނިންމައި ބަދުނާމު ކުރެވިގެން ނުވާނެކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ، ފެއިލްވެފައިވާ ދައުލަތެއްގެ ސިފައެއް ކަމަށެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި، މިހާރުގެ ވަޒީރުންނާއި ކުރީގެ ވަޒީރުން އަދި މަޖިލީހުގެ މިހާރުގެ މެންބަރުންނާއި މިދިޔަ ދައުރުގައި މެންބަރުކަން ކުރެއްވި ބޭފުޅުން ހިމެނެއެވެ. އަދި ބައެއް އެސްއޯއީ ކުންފުނިތަކުގެ އިސްވެރިން ހިމެނެ އެވެ. މީގެ އިތުރުން ސުޕްރީމް ކޯޓާއި އެހެން ބައެއް ކޯޓުތަކުގެ ފަނޑިޔާރުންގެ ނަން ލިސްޓުގައި ވެއެވެ.

ކޮމިޓީން ވަނީ، ދައުލަތުގެ އިސް މަގާމުތައް ފުރުއްވާ ބޭފުޅުންގެ ތެރެއިން ހިޔާނާތުގެ ފައިސާ ލިބުނު މީހުން މަގާމުން ވަކި ކުރުމަށް ނިންމާފައެވެ. އަދި އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކި ކުރެވޭނީ، ޝަރުއީ ކޯޓަކުން ކުރާ ހުކުމެއް ނުވަތަ އެ ފަރާތްތަކުން އަމިއްލައިން އިސްތިއުފާ ދެއްވުމުންކަމަށް ވާތީ އެކަމާއި މެދު ލަފައެއް ދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް މިއަދު ކޮމިޓީން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: