ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަރުމަނުން ރައީސް ނަޝީދަށް އެހީވުން: ދިޔާނާ ވިދާޅުވަނީ ގޮތަކާ ފޮތަކާ އިއްޒަތެއް އޮންނަންވާނެ ކަމަށް!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދުގެ ބޭސްފަރުވާގެ އިންތިޒާމު ޖަރުމަނު ސަރުކާރުން ހަމަޖެއްސުމުން އެކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ފާޑުވިދާޅުވެއްޖެއެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ ބޭސްފަރުވާގެ ކަންކަން ޖަރުމަނު ސަރުކާރުން ހަމަޖެއްސިކަމުގެ ހަބަރު ނޫހަކުން ފެނުމުން ގަތީ އަމަށު ލަދެއް ނޫންކަމަށެވެ.

ދިޔާނާ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިނީ މި ފަސްގަނޑުގައި ކަމަށާއި އެއީ ސެކިއުރިޓީ ފެއިލްވެގެން ހިނގި ކަމެއް ކަމަށެވެ. އަދި އެއީ އަޅުގަނޑުގެ ވެސް ރައީސް ކަމަށެވެ.

ދިޔާނާ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިނީ މި ފަސްގަނޑުގައި ކަމަށާއި އެއީ ސެކިއުރިޓީ ފެއިލްވެގެން ހިނގި ކަމެއް ކަމަށެވެ. އަދި އެއީ އަޅުގަނޑުގެ ވެސް ރައީސް ކަމަށެވެ.

“ދިވެހި ސަރުކާރުން ތިކަން ބެލެހެއްޓެވުމަށް އަޅުގަނޑު އެދެން. ދިވެހި ގަައުމުގެ ވެސް ގޮތަކާ ފޮތަކާ އިއްޒަތެއް އޮންނަންވާނެ.” ދިޔާނާ ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ދަތުރުކުރެއްވި އެއާ އެމްބިއުލާންސްގެ ހަރަދާއި އެ ގައުމުގައި ބޭސްފަރުވާ ކުރެއްވުމުގެ ހަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ބުނެފައެވެ.

މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ހަމަލާގައި ޒަހަމްތައް ލިބިވަޑައިގެންނެވި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާ ވަޑައިގެންނެވުމަށް އޭޑީކޭ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމާއެކު ފުރާ ވަޑައިގަތުމަށް އެމަނިކުފާނު އެއާޕޯޓަށް ގެންގޮސްފައި ވަނީ ވަރުގަދަ ސެކިއުރިޓީ އަކާއި އެކީ އެވެ.

ވަރަށް ގަދަ
55%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 18%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ދިޔާނާ ބުނާކަށް ގޮތަކާ ފޮތަކާ އޮވެގެން މިތާ އުޅެނިކޮށް ނޫންތޯ ގޮއްވާލީ.. ޖަރުމަނު ބޮޑީގާޑުންނެެއް ނޫނެއްނޫންތޯ ތިބީ.. ދެން ކޮންމެ ކަމަކަށް އަބަދު ތިހާ ބޮޑާފުޅު ހާއްކަވަނީ ކީއްވެތޯ.. މިތާގެ މީހުން ކެނެރީގޭ ބުއްޅަބެއޭ ކިޔަސް ބައިނަލްއަގުވާމީ ދުނިޔެއިން ނުހަނު ލޯބިވާ ލީޑަރެއްކަން މިއަދު އެފެނުނީ.. ޖަރުމަނު ސަރުކާރުން އެފޮނުވީ އެއަރ އެމްބިއުލާންސްއަށް ޖެޓްއެއް… ފަހަތުގަ ސެކިއުރިޓީއަށް ޖެޓްއެއް.

  2. ގޮތާާ ފިތާާ ޢިއްޒަތާާ އޮންނާނީީ ކަމަނަަ ފިރިކަލުންގެެ… އެވަރުގެެ ގޮތާާ ފިތާާ ޢިއްޒަތެއްް އޮންނަަ ބޭފުޅުންް މަފުވާނެެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: