ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސަ ވަކިކުރަން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިނުވެވުނީ އެހެން ބައްދަލުވުމެއްގައި ހުރުމުން: ޝިފާއު

ރައްޔިތުންގެ މަޖްލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރަން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިނުވެވުނީ އެހެން ބައްދަލުވުމެއްގައި ހުރުމުން ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އީސަ، ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތުތައް ދޮގުކޮށް، އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން މިއަދު ވަނީ އިސްތިއުފާ ދީފައެވެ.

އީސަ މުގަރިރުކަމުން އިސްތިއުފާ ދީފައި މިވަނީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ހަމަ ނުވެގެން އެ ކޮމިޓީގެ ބައްދަލުވުން ނިންމާލިތާ ކުޑަ ވަގުތުކޮޅެއް ތެރޭ އެވެ.

ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެފައި ނުވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު އާއި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު އާއި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ. ކޮމެޓީގެ ބައްދަލުވުން ނިންމާލިތާ މާގިނަ އިރުތަކެއް ނުވަނީސް އީސަ ވަނީ ކޮމެޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމިޓީ އަށް ހާޒިރުނުވި މެމްބަރުންނަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ޝިފާއު ވިދާޅުވީ މިއަދުގެ އިޖުތިމާޢީ ކޮމެޓީގެ ބައްދަލުވުމަށް ނޯޓިސް ލިބިފަވަނީ ބައްދަލުވުން ފެށުމުގެ 15 މިނެޓް ކުރިން ކަމަށާއި ނޯޓިސް ލިބުނު އިރުވެސް އަދި ކޮމެޓީ ކުރިއަށްދިޔައިރު ވެސް އޭނާ ހުންނެވީ އިހަވަންދޫ ކައުންސިލް މެމްބަރުނާއި އެމްޓީސީސީގެ ބޭފުޅުންނާއެކު އިހަވަންދޫ ކައުންސިލުގައި ބައްދަލުވުމެއްގައި ކަމަށެވެ.

އަދި މިއަދުގެ ހެނދުނު 11:39 ގައި ކޮމެޓީން މުގައްރިރުކަމުން ވަކިވާން ނިންމާފައިވާ ކަމަށާއި މިރޭގެ ކުރިން ބަޔާނެއް ނެރޭނެ ކަމަށް ބުނެ ކޮމެޓީ ވަޓްސްއަޕް ގުރޫޕަށް އީސަ މެސެޖެއް ފޮނުއްވި ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

“ބައެއް މެމްބަރުން މެޑަލް ޖަހަން އެހެން މެމްބަރުންގެ އަބުރު ކަތިލާތީ ހަގީގަތް ހާމަކޮށްލީ” ޝިފާއު ވިދާޅުވިއެވެ.

އީސަ ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ)އަށެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ، އަސްރާ އިއްޔެ ވަނީ އެ މަައްސަލައިގަައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް(އެފްސީޕީޑީ)އަށް އިއްޔެ ބަޔާންވެސް ދީފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: