ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލަވެންސް ލިބޭ މީހުންގެ ޒާތީ މައުލޫމާތު އާންމު ކުރެވުމުން ފައްޔާޒު މާފަށް އެދިވަޑައިގެންފި

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންކަމް ސަޕޯޓް އެލަވަންސް ލިބުނު މީހުންގެ މައުލޫމާތު ލިސްޓު އާންމުކުރެއްވުމަށްފަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މައާފަށް އެދިވަޑައިގެންފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން 22،858 މީހަކަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދީފައެވެ. އެކަމަށް 419 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންކަމް ސަޕޯޓް އެލަވަންސަށް ސަރުކާރުން ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޓުވިޓާގައި ބައެއް މީހުން ސުވާލުކުރުމުން މިނިސްޓަރު ފައްޔާޒް މިރޭ ކުރެއްވި ޓުވީޓުތަކެއްގައި އެމީހުންނަށް ޖަވާބު ދެއްވާފައިވަނީ އިންކަމް ސަޕޯޓު އެލަވަންސް ލިބުނު މީހުންގެ ތަފުސީލީ މައުލޫމާތުތައް ހިމެނޭ ލިސްޓާއެކުއެވެ.

ލިސްޓުގައި އެމީހުންގެ ޒާތީ ބައެއް މައުލުމާތުތަކާއި އެކު އާންމުކޮށްފައިވާއިރު، އޭގެތެރޭގައިހިމެނެނީ މީހާގެ ފުރިހަމަ ނަމާއި އެޑްރެސްގެ އިތުރުން ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ މައުލޫމާތާއި، ލިބޭ ނުވަތަ ލިބުނު މުސާރައިގެ ތަފްސީލު އަދި އައިޑީކާޑު ނަންބަރެވެ.

އެކަން ފާހަގަވެ އެވާހަކަ ސޯޝަލް މީޑިއާގައި މިނިސްޓަރު ފައްޔާޒްގެ ސަމާލުކަމަށް ގެނައުމުން، މިނިސްޓަރު ފައްޔާޒް ވަނީ އެކަމަށް މާފަށް އެދިވަޑައިގެން އެއީ މިސްޓޭކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް އެ ލިސްޓު އާންމުކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ޒާތީ މައުލޫމާތުތައް އާންމުކުރުން ބަލައިނުގަނެވޭނެ ކަމަށް ބުނެ މިނިސްޓަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: