ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

10 އަހަރުގެ ކުއްޖާ މަރުވުމުގައި އިހުމާލު އޮތްތޯ ބެލުމަަށް މަޖިލީހަަަށް ހުށަހަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި އުމުރުން 10 އަހަރުގެ ކުއްޖާ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތްތޯ ބެލުމަަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުއްޖާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވް ކަމަށާއި، ކަރަންޓީނުވެގެންތިބީ ގޭގައި ކަމަށެވެ. އަދި ރޭ ކުއްޖާ ނޭވާލާން އުނދަގޫވެގެން އެޗްޕީއޭއަށް ގުޅިކަމަށާއި، ކުއްޖާ ބަލައި އެމްބިއުލެންސް އައީ ގުޅިތާ 2 ގަޑި އިރާއި 40 މިނިޓް ފަހުން ކަމަށެވެ.

މި މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅޭނެތޯ ޓްވިޓާގައި މީހަކު ސުވާލު ކުރުމުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވީ ހެނދުނުން ފެށިގެން އެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މައްސަލަ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ ކުއްޖާގެ ހާލު ދެރަވާން ފެށީ ރޭ 9 ޖަހާކަށް ހާއިރު ކަމަށް އެމީހާ ބުނެފައިވެއެވެ. އަދި ނޭފަތުން ލޭ އައުމުން އެކަން އެޗްޕީއޭއަށް އަންގައި އަވަހަށް އެމްބިއުލެންސް ފޮނުވައި ދިނުމަށް އާދޭސް ކުރިކަމަށް އެމީހާ ބުނެފައިވެއެވެ. ނަމަވެސް އެމްބިއުލެންސް އައީ ރޭ 11:40 ހާއިރުއެވެ.

އެކުއްޖާ ހޮސްޕިޓަލަށް ގެންދެވުނު އިރު ހާލު ވަރަށް ދެރަވުމުން ވަގުތުން އެކުއްޖާލީ ވެންޓިލޭޓަރަށެވެ. ކުއްޖާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ރޭ 12:10 ހާއިރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: