ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޝްކާގެ މަރުވުމުގައި އިހުމާލު އެބައޮތް، ފިޔަވަޅު އަޅާނަން: ނަސީމް

ހެލްތު މިނިސްޓަރ އަހްމަދު ނަސީމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ކޮވިޑް-19ގައި ރޭ މަރުވި އުމުރުން 10 އަހަރުގެ މިޝްކާއަށް ފަރުވާ ދިނުމަށް އެމްބިއުލަންސް ފޮނުވުމުގައި ލަސްވި މައްސަލާގައި ކަމާ ބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތްކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީމް ވިދާޅުވީ މިޝްކާ މަރުވި މައްސަލައިގައި އޭނާ ހޮސްޕިޓަލަށް ގެންދިޔުމާއި އެކަމަށް އެޓެންޑް ކުރެވުނު މީހުންގެ އިހުމާލު އެބައޮތް ކަމަށާއި އެކަމާ ގުޅޭ ތަހުގީގު މިރޭގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

“ތަހުގީގު ނިންމާފައި އެކަމާ ގުޅޭގޮތުން ފިޔަވަޅު އަޅާނަން. އަޅާ ފިޔަވަޅު ވެސް ހާމަކޮށްދޭނަން” ނަސީމް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ހައްލު ނުވާ ކަމަށާއި، އެކަންކަމާއި ގުޅިގެން މިނިސްޓަރ ނަސީމް އިސްތިއުފާ ދެއްވަފާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޖަވާބުގައި މިނިސްޓަރ ނަސީމް ވިދާޅުވީ އެކަންތައްތައް ބައްލަވަމުން ގެންދަވާ ކަމަށާއި، އެކަމުގަިއ އިހުމާލުވެފައިވާ ފަރާތްތައް ދެނެގަންނަން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެކަމުގައި އަމިއްލަ އިހުމާލެއް އޮތްތޯ ވެސް ބައްލަވާނެ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: