ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެ: އެމްއެންޑީއެފް

އެމްއެންޑީއެފްއިން ބޭއްވި ހަފްލާއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އެމްއެންޑީއެފްގެ އިސް ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންގެ މަސްއޫލިއްޔަތު ބެލުމަށް ވަކި ވަކި ސިފައިންނާ ސުވާލެއް ނުކުރެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިމިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ހިންގާ އިންކުއަރީ އަށް މައުލޫމާތު ހިއްސާކުރުމަށް ފުލުހުންނާއި ސިފައިންނަށް ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ “ޗެއިން އޮފް ކޮމާންޑް”އާއި “ކޮމާންޑް އެންޑް ކޮންޓްރޯލް” އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާއި ޚިލާފް ކަމެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން މުޅި ޤައުމީ ދިފާޢީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި ޤައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

“ސިފައިންގެ ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތަކަށްވެފައި، ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ޚިދުމަތަށް ނިކުންނަންޖެހޭ ބައެއްކަމަށާއި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުޢާމަލާތު ކުރުމުގެ އިޚްތިޔާރު ލިބިފައި ނުވާ ބައެއްކަމަށް ސިފައިންގެ ޢާންމު ޤަވާޢިދުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރަން” އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މުއައްސަސާގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި، ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ، އެމަޢުލޫމާތެއް ވެސް ފޯރުކޮށްދޭނެ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

“މި މުއައްސަސާއިން، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގައި، އިސްވެ ބަޔާންކުރެވުނު އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރުމަށް، މި މުއައްސާސާގެ މައްޗަށް ލާޒިމްކުރާ، ޝަރުޢީ ކޯޓެއްގެ ނިހާއީ ޙުކުމެއް ނެތްކަން ވެސް ފާހަގަކުރަން” އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މި މި ނިންމުމަކީ، ސިފައިން، ރައްޔިތުންގެ މަޖިލީހަށް ޖަބާވުދާރީވުމާ ބެހޭގޮތުން، ސިފައިންގެ، ލަފާދޭ މަޖިލީހުން ދެއްވާފައިވާ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިއީ ދިވެހި ދިދައިގެ ދަށުގަ އުޅޭ ބަޔަކީ ނޫނީ ބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: