ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭ ބްރިޖްގެ އަމަލީ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލުކުރެވޭނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭ ބްރިޖްގެ އަމަލީ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާ ހަވާލުކުރެވޭނެ ކަމަށަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލާ ބްރިޖުގެ ޓެންޑާ ނިމި، އިވެލުއޭޝަން މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

“އުއްމީދު މި ކުރެވެނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބްރިޖްގެ މަސައްކަތް އިވެލުއޭޓްކޮށް ނިންމާ ވަކި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް. އެހެންވީމަ މި މަސް ނިމުމުގެ ކުރިން ބްރިޖްގެ އަމަލީ މަސައްކަތް ފެށުމަށް ވަކި ބަޔަކާ ހަވާލު ކުރެވޭނެ” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަލިމަޑުކަމާ ގުޅިގެން ބްރިޖުގެ މަސައްކަތާ ގުޅުންހުރި ކަންތަކަށް ލަސްތަކެއް އައި ކަމަށާއި އެގޮތުން އިންޑިއާގެ އެގްޒިމް ބޭންކުގެ ބައްދަލުވުންތައް ލަސްވެގެން މަސައްކަތް ލަސްވި ކަމަށެވެ.

ތިލަ މާލެ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: