ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

241 ކޮމިޓީގެ އިންކުއަރީއަށް އަޅުގަނޑު ހުރަސް ނާޅާނެކަން ރައީސް ނަޝީދަށް އެނގިލައްވާނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބަލަމުންދާ މަޖިލީހުގެ 241 ކޮމިޓީން ހިންގާ ތަހުގީގަށް ހުރަސް ނާޅުއްވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން އެންގުމުގެ ފަހަތުގައި ހުންނެވީ ރައީސް ސޯލިހް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ 241 ކޮމިޓީގެ އިންކުއަރީ އަށް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެ އިންކުއަރީ އަށް ހުރަސް ނާޅުއްވާކަމާއި އެއްބާރުލުން ލިބޭ ކަމަށް އެ ކޮމިޓީގެ މުގައްރިރު އިއްޔެ ވެސް ވިދާޅުވި ކަމަށެވެ. އެހެންކަމުން ކޮމިޓީގެ އިންކުއަރީ ގެންދަން ބޭނުންވާ ގޮތަށް ކުރިއަށްދާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް ހުރަސް ނާޅާނެކަން. އެމަނިކުފާނު އެހެން ވިދާޅުވެފައި އޮތް ނަމަވެސް” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ އިންކުއަރީ 241 ކޮމެޓީން ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްދާ ކަމަށާ އެ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާން ނިންމި ނިންމުމަކީ ސިފައިންގެ ގާނޫނާއި އެއްގޮތަށް އެ މުއައްސަސާއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރިކުރައްވައި ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވަނީ ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރަމުންދާ އިންކުއަރީއާ ގުޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ސޯލިހަށް ތުހުމަތު ކުރައްވާފަ އެވެ. ސިފައިން ހާޒިރުކުރުމަށް ހުރަސް އަޅުއްވަނީ ރައީސް ސޯލިހު ކަމަށް ވިދާޅުވެ ކަންތައްތަކެއް ސިއްރުކުރާން ރައީސް ސޯލިހު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ވެސް މި މެސެޖުގައި ރައީސް ނަޝީދު ވަނީ ކުރައްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: