ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މައްސަލަ ޖެހިގެން މިއުޅެނީ ބައެއް ވަޒީރުންގެ ކޮރަޕްޝަނުގެ އަވައިގާ ޖެހިގެން ވަކި ބަޔަކު އެޖެންޑާ19 ތަންފީޒު ކުރުމަށް ހުރަސް އަޅަން ފެށުމުން”

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ތެރޭގައި މައްސަލަ ޖެހިގެން އުޅެނީ ބައެއް ވަޒީރުންގެ ކޮރަޕްޝަނުގެ އަވައިގާ ޖެހިގެން ވަކި ބަޔަކު އެޖެންޑާ19 ތަންފީޒު ކުރުމަށް ހުރަސް އަޅަން ފެށުމުން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވީ މަޖިލީހަށް އެމްޑީޕީގެ މެމްބަރުން އިންތިހާބުވެފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ދައްކައިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަމުން ދަނޑިވަޅެއްގައެވެ.

ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މެމްބަރުން މަޖިލީހަށް ހޮވުނީ ވަކި މީހެއްގެ ފޮޓޯއެއް ދައްކައިގެން، ވަކި މީހެއްގެ އަތުގައި ހިފައިގެން ނުކުތީތީ ނޫންކަމަށާއި މެމްބަރުން މަޖިލީހަށް ހޮވިފައިވަނީ އެޖެންޑާ19 ވިއްކައިގެންކަން ކަމަށެވެ.

“މައްސަލަ ޖެހިގެން މިއުޅެނީ ބައެއް ވަޒީރުންގެ ކޮރަޕްޝަނުގެ އަވައިގާ ޖެހިގެން ވަކި ބަޔަކު އެޖެންޑާ19 ތަންފީޒު ކުރުމަށް ހުރަސް އަޅަން ފެށުމުން.” ވައްޑެ ވިދާޅުވިއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމްޑީޕީގެ މަޖިލީހުގެ 65 ގޮނޑި ކާމިޔާބު ކުރެވުނުއިރު ސަރުކާރާއި ވަރަށް ގިނަ ބައެއްގެ މަސައްކަތް ހިމެނިފައިވާނެ ކަމަށާއި އެހެން ނޫންނަމަ އެވަރުގެ ބޮޑު އަދަދެއް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހަނދާނަށް އަންނަނީ ލަވައެއް، ދެ ބުޅާ ކޯޅިގަނެގެން ގޭއެންމެ ހޭލައްވައިޕޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: