ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިތަންމެ މަސައްކަތް ކުރިޔަސް އެމްޑީޕީ ދެ ބައެއް ނުކުރެވޭނެ: ޝިފާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ކިތަންމެ ވަރަށް މަސައްކަތް ކުރި ނަމަވެސް އެމްޑީޕީ ބައި ބައިކޮށް ނުލެވޭނެ ކަމަަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއަށްފަހު، ހިގައިގެންދާ ކަންތައްތަކާ ގުޅިގެން އެމްޑީޕީ ދެބައިވެފައިވާކަމަށް އެޕާޓީގެ އިސްބޭފުޅުން ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން މެމްބަރު ޝިފާއު ވިދާޅުވީ އެމްޑީޕީ ބައިބައި ކޮށްލުމަކީ މިހާތަނަށްވެސް އެއްވެސް ބަޔަކަށް ކާމިޔާބުވެފައިވާ ކަމެއްނޫންކަމަށެވެ.

”އުޅެއުޅެވެސް ނުވި ކަމަކީ އެމްޑީޕީ ބައިބައި ކޮށްލުން. އެމްޑީޕީ 2 ބައި ނުވާނެ. އެމްޑީޕީ އަކީ އެމްޑީޕީ މެމްބަރުންގެ ފިކުރެއް.“ ޝިފާއު ވިދާޅުވިއެވެ.

އެމްޑީޕީގެ މަސައްކަތް ދެބައިވީ އެ ޕާޓީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރޭ ވަނީ ވިދާޅުވެފައެވެ.

“ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ޖުމްލަކޮށް ރައީސް ނަޝީދު އާއި ޕާޓީ އެއްކައިރިކޮށް ސަރުކާރު ހިންގަން އުޅުނީމަ” ހަސަން ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު ބޭރުކޮށްލުމާއެކު އެމްޑީޕީގެ އެތެރެ ވަނީ ފަޅައިގެން ގޮސްފައެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރާ ގޮތުގައި އެ މައްސަލަ އެ ކޮމިޓީން ބޭރުކޮށްލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އެ ކޮމިޓީގެ ބައެއް މެމްބަރުންނަށް ގުޅައި މައްސަލަ ބޭރުކޮށްލަން ބާރު އެޅުމުންނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހަސަން ލަތީފް ތީ ވަކި ކާކު. ހީވަނީ ޕާޓީއަކީ އަންނިހެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: