ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެޔޮ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ ތެޔޮ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިިފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ގދ.ފަރެސްމާތޮޑާ ކައިރިން އެސްޓީއޯގެ ތެޔޮ ބޯޓް “އެމްވީ އަލިހުރަސް” ދިޔަވާ ކަމުގެ މައުލޫމާތު ލިބިގެން ސިފައިންގެ ކޯސްޓްގާޑްގެ ސްކޮޑްރަންގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ސިފައިންގެއަށް ލިބިފައިވަނީ 5:10 ގައެވެ.

އާޒިމް ވިދާޅުވީ ބޯޓަށް ދިޔަވުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އަދި ގެއްލުން ލިބިފައިވޭތޯ ސިފައިން މިހާރު ބަލަމުންދާ ކަމަށެވެ.

މި ބޯޓްގައި 4322.735 ކިލޯ ލީޓަރުގެ ޑީސަލް އާއި 456.514 ކިލޯ ލީޓަރުގެ ޕެޓްރޯލް ހުއްޓެވެ. ބޯޓްގައި 17 ދިވެހިން ތިބި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: