ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރީ ދުވަހާ ދިމާކޮށް އެމްޑީޕީން މުޅި ރާއްޖޭގައި ދިދަ ނެގުމުގެ ހަރަކާތެއް

އެމްޑީޕީގެ ފަރާތުުން ބޭއްވި ބޮޑު އެއްވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ރާއްޖޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދިދަ ނެގުމުގެ ހަރަކަތެއް ބޭއްވުމަށް ނިންމައިފިއެވެ.

ރޭ ބެއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ މާދަމާ އިން ފެށިގެން ޖުލައި 24 ވަނަ ދުވަހާ ހަމައަށް ހަރަކާތްތަކެއް ރާވާލާފައިވާ ކަމަށާއި އެ ހަރަކާތްތަކުގެ ތަފްސީލު އެކި ވަގުތުތަކުގައި ހިއްސާކުރަމުންދާނެ ކަމަށެވެ.

އެގޮތުން މާދަމާ ހެނދުނު، އެމްޑީޕީގެ މައި ހަރު ގޭގައި ދިދަ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާ، އަހަރީ ދުވަހާއި ގުޅިގެން ޝުއޫރު ފާޅުކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއަށްފަހު ކްލަބް ހައުސްގައި ‘އެމްޑީޕީ ހަރުގެ’ ލޯންޗު ކުރުމުގެ ހަރަކާތެއް ވެސް ބާއްވަވާނެކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

އަދި ޖެހިގެން އަންނަ ދުވަހު މީޑިއާގެ އެކިއެކި ޗެނަލްތަކުގައި ޓޯކްޝޯތަކެއް ބޭއްވުމަށް މަޝްވަރާ ކުރެވޭ ކަމަށާއި އަދި އޭގެފަހުން އެކި ތާރީހުތަކުގައި ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ އެމްޑީޕީގެ ހަރުގެތަކުގައި ދިދަ ނެގުން ވެސް އޮންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

މީގެއިތުރުން ތިން ދުވަހަކަށް ބަހާލައިގެން “ގްރާސް ރޫޓް އަޑު” ގެ ނަމުގައި އެޕާޓީގެ އާއްމު މެމްބަރުން އެކިކަންކަމުގައި ދެކޭގޮތް ފާޅުކުރުމަށް ހުރިހާ ރަށެއްގައި ޕްރޮގްރާމްތަކެއް ވެސް ހިންގޭނެ އަދި އެމްޑީޕީގެ ލަވަ އަލްބަމެއް ނެރުމާއި، ޒުވާނުންގެ ހަރަކާތަކާއި، “އެމްޑީޕީ އާއި އަހަރެން” ނަމުގައި ފޮޓޯ މައުރަޒަކާއި، މާލެ އާއި ރަށްތަކުގެ ގެތަކުގައި ދިދަ ނެގުން ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: