ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުލީ ކުރިޔަސް ފަހަތަކަށް ނުޖެއްސޭނެ، ހައްގު ބަސް ބުނާނަން: ރޮޒެއިނާ

އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުންވެސް އެއްކޮޅުން ވެސް ބުލީ ކުރާ ކަމަށާއި އެކަމަކުވެސް އަދި ފަހަތަކަށް ނުޖެއްސޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ “އެމްޑީޕީގެ ދޮން މަންމައަކީ ރޮޒެއިނާ” ކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޖަހާފައިވާ ރިޕޯޓަކާ ގުޅިގެން ކުރެއްވި ޓްވީޓުތަކެއްގައެވެ.

ރޮޒައިނާ ވިދާޅުވީ ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން ކަމަށާއި އަދި ބުލީކުރާ މީހުން ދެކެ ބިރުން، ޤަބޫލު ނުކުރެވޭނެ ކަމެއް އެންޑޯޒްކޮށްފައި ވާހަކަ ދައްކާކަށް ވެސް ނޫން ކަމަށެވެ.

”ބުލީ ކުރުމަކީ ސްކޫލްތަކުގައި އެކަނި ހިނގާ ކަމެއް ނޫން. އަޅުގަނޑަށް ސްކޫލްގައި ބުލީއެއް ނުކުރޭ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ގޭތެރޭން ބުލީ ކުރުމާއި މޫނަށް ކުޅު ޖެހުމާއި، ލައްކަ ކަންތައް ދިމާވެއްޖެ، އިދިކޮޅުންވެސް އެއްކޮޅުން ވެސް.” ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ އޭނާ އަށް ބަސް ބުނަން ކެރޭތީ އަދި ބުނަން ޖެހޭ ތާކު ބުނާތީ، އެޅިހާ ބަތަކަށް ރިހައިގެ އުސޫލުގެ ނުގެންގުޅޭތީ، އެއީ ސިޔާސީ ގޮތުން އޭނާއަށް ދޮން މަންމަ ކިޔަންޖެހޭ ކަމެއް ކަމަށްވާނަމަ އެކަން ނަގާނީ ކޮމްޕިމެންޓެއްގެ ގޮތުގައި ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުންނާއި، ކައުންސިލް މެމްބަރުންގެ އިތުރުން ލީޑަޝިޕްގައި ތިއްބަވާ ބޭފުޅުން ބުލީ ކުރަން އުޅުމަކީ ދެރަވަރު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ހާއްސަކޮށް ސިޔާސީ ދާއިރާގައި އުޅޭ މަދު އަންހެނުންނަށް ފޯކަސް ކޮށްގެން މިކަން ކުރާކަށް ވަރަށް ދެރަ” ރޮޒެއިނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: