ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީގެ ބައިވެރިވުމާއެކު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލަ ދަނީ ތަހުގީގު ކުރެވެމުން: ޝަމީމް

ޕީޖީ ހުސެން ޝަމީޟް: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަހީނު ކުރުމަށްފަހު މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުޑަކުއްޖާގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށާއި، ތަހުގީގައި މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމްގެ ބްލޮގްގައި ހިއްސާ ކުރެއްވި އޯޑިއޯ ޕޯސްޓުގައި ޝަމީމް ވިދާޅުވީ، އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލާފައި އޮތް ވާހަކަ އަޑުއެހީ، ކުއްލި ހައިރާންކަމަކާއެކު ކަމަށެވެ. މިއީ ވަރަށް ނުރައްކާތެރި، ބިރުވެރި ކަމެއްކަމަށާއި، އަދި ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ.

މިމަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި، މިމައްސަލައިގައި، ރަހީނުކުރުމުގެ މައްސަލައަކާއި، މަރުގެ މައްސަލައަކާއި ޖިންސީ ކުށުގެ މައްސަލައެއް ފުލުހުން އެގެންދަވަނީ ތަހުގީގު ކުރައްވަމުންކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މިމަސައްކަތުގައި، ހުދު އެމަނިކުފާނުވެސް ބައިވެރިވަމުންދާކަމަށް ޝަމީމް ވިދާޅުވިއެވެ.

ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ.

މިމައްސަލައިގައި ފުލުހުން ވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: