ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ އިލްމުވެރިންނަށް ބިރު ދައްކާތީ ޝަހީމްގެ ކަންބޮޑުވުން

އޯއައިސީގެ ސެކެޓްރީ ޖެނަރަލްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ އިލްމުވެރިންނަށް ދައްކަނީ ބިރު ދައްކާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނަށް ފުރައްސާކުރާ މައްސަލަތަކުގައި އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށާއި ނަމަވެސް ދީނީ އިލްމުވެރިޔަކު އޭނާ އަށް ފެންނަ ރަޔުއެއް ބުނުމުން ބިރު ދައްކައި ކަންކަން ކުރަމުންދާ ކަމަށެވެ.

“ނަފްރަތު ނައްތާލަން ބޭނުންނަމަ އެބަޖެހޭ އަދުލުވެރިވާން” ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު، އަންހެނުން ހިތާނު ކުރުމާ ގުޅިގެން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ކުރެއްވި ޓުވީޓުތަކުގެ މައްސަލަ ވަނީ ހޫނުވެފައެވެ.

އިޔާޒު ވިދާޅުވި ގޮތުގައި އަންހެނުން ހިތާނުކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއް ނޫން ކަމަށެވެ. އަންހެން ކުދިން ހިތާނު ކުރުން ޕްރޮމޯޓް ކުރުމަށް އޭނާ އެއްވެސް ކަމެއް ނުކުރައްވާ ކަމަށާ އެކަމާ ގުޅޭ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަ ގޮތް އަންގައިދޭ ކަމަށްވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: