ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެކަމަށް ބުނި މީހާގެ ބަންދަށް 7 ދުވަސް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދު މުއްދަތު ކޯޓުން އިތުރު ކޮށްދީފިއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މީހާގެ ވަނަވަރު ފުލުހުން އާންމު ނުކުރި ނަމަވެސް، އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓުވީޓް ކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އެ ޕާޓީގެ މެމްބަރެއް ކަމަށްވާ މުހައްމަދު އިނާދު ކަމަށެވެ. އަދި އޭނާ އެ ޕާޓީން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

އަދި އެމީހާގެ ބަންދު މުއްދަތު ޖެހުމަށް ކޯޓަސް ގެންދިއުމުން ކޯޓުން އޭނާގެ ބަންދަށް 7 ދުވަސް ޖަހާފައިވެއެވެ.

އެމީހާ ހައްޔަރު ކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސޯޝަލް މީޑިއާ އައި އެނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި، މުދަލަށާއި ތަކެއްޗަށް ގެއްލުންދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ހަނދާންކޮށްދީފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: