ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގައި ކުޑަކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގައި ހައްޔަރުކުރި ދިވެއްސަކީ އަޝްމަލީ!

މުހައްމަދު އަޝްމަލީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީ ލަންކާގެ މައުންޓް ލެވީނިއާގައި 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ދިވެއްސަކީ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ވެސް ކުރި މުހައްމަދު އަޝްމަލީ ކަން އެނގިއްޖެ އެވެ.

އަޝްމަލީ ހައްޔަރު ކުރީ ވެބްސައިޓްތަކަކާއި، ސޯޝަލް މީޑިއާ ބޭނުންކޮށްގެން ތިން މަސް ވަންދެން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައިގަ އެވެ. ލަންކާގެ ފުލުހުން އަޝްމަލީގެ މައްޗަށް ކުރަނީ އެ ނެޓްވޯކު ފުޅާ ކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތާއި، އެ ނެޓްވޯކުގެ މީހުންނަށް ފައިސާ ދީގެން ކުއްޖާއާއި އެކު ގަދަކަމުން ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތެވެ.

އަޝްމަލީ އަކީ ފައިސާ ދީގެން، ކުއްޖާއަށް ގަދަކަމުން ޖިންސީ ގޯނާ ކުރި މީހެއްކަމަށް ވެސް ލަންކާ ފުލުހުން ބުންޏެވެ.

މައްސަލައިގައި މައުލޫމާތު ދެމުން ލަންކާ ފުލުހުންގެ މީޑިއާ އޮފިޝަލު އަޖިތު ރޯހާނާ ވިދާޅުވީ ތުހުމަތު ކުރެވޭ ދިވެހި މީހާ ހައްޔަރުކުރީ، އާދީއްތަ ދުވަހު ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާ ނުކޮށް އޭނާ ވިދާޅުވީ އަޝްމަލީ ހައްޔަރު ކުރީ ކޮލަމްބޯ ތިނެއްގައި ހުންނަ ބަގަތެލެ މަގުގައި އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.

ލަންކާގެ މީޑިއާތައް ރިޕޯޓުކޮށްފައިވާ ގޮތުން 15 އަހަރުގެ ކުއްޖަކު ބޭނުންކޮށްގެން، ފައިސާއަށް ކުއްޖާގެ ނާޖާއިޒް ފައިދާ ނެގި މައްސަލައިގައި މިހާތަނަށް 32 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުއްޖާގެ މަންމަ ވެސް ހިމެނޭކަމަށް ވެއެވެ.

ލަންކާ ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ފަށައި، އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާއިރު ހައްޔަރު ކުރި އެންމެންނަކީ ކުއްޖާ ލައްވައި ހަށި ވިއްކުވުމުގައި އިސްކޮށް އުޅުނު މީހުންކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ކުއްޖާއަށް މިގޮތަށް ޖިންސީ ގޯނާ ކުރާތާ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމުގެ ތުހުމަތު ކުރެވެ އެވެ.

ބޮޑު ނެޓްވޯކެއް އިސްވެ އޮވެ މި އަމަލު ހިންމުންދިޔައިރު، ކުއްޖާގެ މައުލޫމާތުތައް އެކި ވެބްސައިޓުތަކަށް ލައި، ފައިސާއަށް ދިޔައީ ކުއްޖާ އިޝްތިހާރު ކުރަމުންނެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 78%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: