ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލިޔުންތަކުގައި ޒަމާނުއްސުރެ ޖަހަމުން އަންނަ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެ ބިލު މަޖިލީހުން މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި 45 މެންބަރުންގެ ތެރެއިން 44 ވޯޓު ދެއްވައިގެންނެެވެ.

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ހަރަދަށް ބަލާއިރު ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށް އެ ބިލްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސްޓޭމްޕުން ލިބޭ ފައިސާއަކީ ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީއާއި އެނޫންވެސް ފައިސާގެ ތެރެއިން ހަމަޖެއްސޭނެ އާމްދަނީ އެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި މި ކަމަކީ އޭގެ ސަބަބުން ހިދުމަތްތައް ހޯދައި ފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: