ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ދައުރަކަށް ކުރިމަތިލާން ރައީސް ސޯލިހު ހުށަހަޅާފައި ނެތް: ރައީސް ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިތުރު ދައުރަކަށް ކުރިމަތިލައްވަން ބޭނުންވާކަމަށް ވިދާޅުވެ، އެފަދަ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނެތްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާސްކް ސްޕީކާ ޕްރޮގްރާމުގައި ރައީސް ނަޝީދު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. އަދި ވެރިކަމުގެ ނިޒާމަށް އޭރަކަށް ބަދަލު ނުގެނެވިއްޖެނަމަ، ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރައްވާނީ އެމަނިކުފާނުކަމަށް ވިދާޅުވި އެވެ.

ބައިބައިވުން އުފެދިފައިވާ އެމްޑީޕީގެ ތެރޭގައި މީގެ ސަބަބުން އިތުރަށް ކޯޅުންތަކެއް ކުރިޔަށް ގޮސްފާނެކަމަށް ބުނެ އާއްމުންގެ ފަރާތަކުން ކުރި ސުވާލަށް ރައީސް ނަޝީދު ވދިޅުވީ އެމްޑީޕީއަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ރަނގަޅަށް ހިފަހައްޓާ ޕާޓީއެއް ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި ކޮންމެ ނިންމުމެއް ވެސް ނިންމާނީ ވޯޓަކުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

“ދެން އެމްޑީޕީގެ ކޮންގްރެސްއަކުން ޕާޓީގެ އަސާސީ ގަވައިދު ނިންމަނީ…. އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ އެއީ ޕްރައިމަރީއަކުން ނިންމާ ކެނޑިޑޭޓެއް. ކުރީގަ އެނގިވަޑައިގަންނަވާނެ 2018 ޕްރައިމެރީގެ ޓިކެޓު ލިބުނީ އަޅުގަނޑަށް. އެ 18 ވަނަ އަހަރު އަޅުގަނޑަށް ބައިވެރިވެވޭ ގޮތެއް ނުވި” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ 2018 ގައި ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާނެ ބޭފުޅެއްގެ ގޮތުގައި ޕާޓީގެ މެމްބަރުން ކަނޑައެޅީ އެމަނިކުފާނު ކަމަށެވެ. އެހެން ނަމަވެސް ދިމާވި ބައެއް ހާލަތްތަކާއި ހުރެ އިންތިހާބުގައި ވާދަ ނުކުރެވޭނެކަން ކަށަވަރުވުމުން ޕާޓީގެ ކޮންގްރެސްއެއް އއ. އުކުޅަހުގައި ބޭއްވުމަށްފަހު، ހުށަހެޅީ ރައީސް އިބްރާހމް މުހައްމަދު ސޯލިހު އިންތިހާބުގައި ވާދަކުރަން ކޮންގްރެސްގެ ރުހުމެއް ހޯދުމަށް ކަމަށެވެ. އެހެންވެ ކޮންގްރެސްގެ ރުހުމާއި އެކު ރައީސް ސޯލިހަށް ކުރިޔަށް ދެވުނީކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރު ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅުވެގެން އެކަން ހުށަހަޅާފައި ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ދެން އަޅުގަނޑު އެދޭ ވާހަކަ އަޅުގަނޑު މިދަނީ ތަކުރާރުކޮށް ދަންނަވަމުން” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އިންތިހާބެއްގައި ވާދަކުރައްވަން ބޭނުންކަމަށް އެމަނިކުފާނު އިއުލާނު ކުރުން އެއީ ބަޔަކު “ހައިރާންވާންޖެހޭ” ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުން އަންނަނީ މިވަގުތު އޮތް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށެވެ. އަދި އެ މަސައްކަތް ކާމިޔާބު ވާނެކަމަށް ގަބޫލު ކުރައްވަ އެވެ.

ގާނޫނު އަސާސީ އެގޮތަށް އިސްލާހުކުރުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއިދު ވެސް ލިބޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލަށް ޕީޕީއެމްއިން ވެސް ތާއިދު ކުރާނެ….  ހާއްސަކޮށް ރައީސް ޔާމީން…. އެމަނިކުފާނު ވަނީ މީގެ ކުރިން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާފަ” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އެހާހިސާބުން ނަގާ ފެންނަ ނުފެންނަ ވޯޓުން ކުރި ހޯދާނީ ބަރުލަމާނީ ނިޒާމެވެ.

މީގެ ކުރިން ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ދިވެހި ރާއްޖޭގައި ގާނޫނުތައް ތަންފީޒު ކުރުމަށާއި، އަދި ސިޔާސީ މަޝްރަހުގައި ވެސް މައްސަލަތައް ނިކުންނަނީ ރިޔާސީ ނިޒާމުގެ ސަބަބުން ކަމަށެވެ. އޭގެ ސަބަބަކީ 12 އަހަރުވެފައިވާ މި ގާނޫނު އަސާސީއަކީ ތޮބީއީ ގޮތުން ރިޔާސީ ނިޒާމެއްގެ ސިފައެއް އެކުލެވޭ ގާނޫނު އަސާސީއަކަށް ނުވުމެވެ.

ރައީސް ނަޝީދަކީ ފެށުނީއްސުރެ، ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި މީގެ ކުރިން ވެސް އެކި ނޫސްވެރިންގެ ބައްދަލުވުންތަކާއި އަދި އެ ނޫންވެސް ހަރަކާތްތަކުގައި ރާއްޖެއާއި އެންމެ ގުޅޭ ނިޒާމަކީ ބަރުލަމާނީ ނިޒާމެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވެއެވެ.

ވެރިކަން ހިންގުމުގެ ނިޒާމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެން މުހިއްމު ކަންކަން އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގެންފައި އެބަހުރި ކަމަށެވެ. އަދި އިސްކަން ދެއްވަނީ ފަސް އަހަރަށް ވެވަޑައިގަތް ވައުދުތައް ފުއްދަން ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: