ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ދީ ބުކް ކުރީ މަސާޖަކަށް، އެއީ ކުޑަކުއްޖެކަން ނޭނގޭ: އަޝްމަލީ

ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމަށްފަހު އަޝްމަލީ، ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުން ގެންދަނީ- ފޮޓޯ: އޭއެފްޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވިކަމުގެ ތުހުމަތަށް އަވައްޓެރި ލަންކާއިން ހައްޔަރު ކުރިއިރު، އެއީ ކުޑަކުއްޖެއްކަން އޭރު ނޭނގޭކަމަށް ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ބުނެފި އެވެ.

ކުއްޑަކުއްޖެއް ލައްވައި ގަދަކަމުން ހަށިވިއްކުވި މައްސަލައިގައ،ި ކުއްޖާގެ މަންމަ ހިމެނޭހެން ލަންކާއިން ބޮޑު ނެޓުވޯކެއް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭތީ އެ ގައުމުގެ މީޑިއާތަކުން ވަނީ އެކަން ރިޕޯޓު ވެސްކޮށްފަ އެވެ.

މައްސަލައިގައި މައުލޫމާތު ދެމުން ލަންކާ ފުލުހުންގެ މީޑިއާ އޮފިޝަލު އަޖިތު ރޯހާނާ ވިދާޅުވީ ތުހުމަތު ކުރެވޭ ދިވެހި މީހާ ހައްޔަރުކުރީ، އާދީއްތަ ދުވަހު ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާ ނުކޮށް އޭނާ ވިދާޅުވީ އަޝްމަލީ ހައްޔަރު ކުރީ ކޮލަމްބޯ ތިނެއްގައި ހުންނަ ބަގަތެލެ މަގުގައި އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ. އަދި ހައްޔަރު ކުރި ދިވެހި މީހާއަކީ، ނެޓްވޯކު ފުޅާކުރުމަށް އެހީތެރިވެދިން އަދި ފައިސާ ދީގެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހެއް ކަމަށެވެ.

ލަންކާގެ މީޑިއާތައް ރިޕޯޓުކޮށްފައިވާ ގޮތުން 15 އަހަރުގެ ކުއްޖަކު ބޭނުންކޮށްގެން، ފައިސާއަށް ކުއްޖާގެ ނާޖާއިޒް ފައިދާ ނެގި މައްސަލައިގައި މިހާތަނަށް 32 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ އެންމެންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.

ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަޝްމަލީ ބުނީ، ފައިސާ ދީގެން އޭނަ އެތަނަށް ދިޔައިރު އެއީ ކުޑަކުއްޖެއްކަން ނޭނގޭ ކަމަށެވެ. އަދި ވެބްސައިޓަކުން ފެނުނު ޕޯސްޓަކަށްފަހު އޭނާ ދިޔައީ މަސާޖަކަށްކަމަށް ވެސް ބުންޏެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި 15 އަހަރުގެ ކުއްޖާގެ މަންމައާއި، ކުއްޖާ ވިއްކަން އިޝްތިހާރުތައް ޖަހާފައި ހުރި ވެބްސައިޓު ހިންގާ މީހުންނާއި، އަދި ކުއްޖާ ގެންދާ ހޮޓަލުގެ މެނޭޖަރުގެ އިތުރުން، ޓެކްސީ އަދި ރިކްޝާ ޑްރައިވަރެއް ހިމެނެ އެވެ. ލަންކާ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުން އޭގެ ތެރޭގައި އެ ގައުމުގެ އިސް ސިޔާސީ މީހެއް ވެސް ހިމެނެ އެވެ.

ލަންކާ ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ފަށައި، އިތުރު ބަޔަކު ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާއިރު ހައްޔަރު ކުރި އެންމެންނަކީ ކުއްޖާ ލައްވައި ހަށި ވިއްކުވުމުގައި އިސްކޮށް އުޅުނު މީހުންކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބޮޑު ނެޓްވޯކެއް އިސްވެ އޮވެ މި އަމަލު ހިންމުން ދިޔައިރު، ކުއްޖާގެ މައުލޫމާތުތައް އެކި ވެބްސައިޓުތަކަށް ލައި، ފައިސާއަށް ދިޔައީ ކުއްޖާ އިޝްތިހާރު ކުރަމުންނެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 23%ވަރަށް ގަޔާވޭ 46%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 23%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީ މިގައުުމުގަ އާއްމުވެ ޚަބަރަކަށްވެސް ނުވާވަރު ކަމެއް ތިކަހަލަ ކިތަންމެ ނެޓްވޯކެއް މިގައުމުގަ އޮޕަރޭޓު ކުރާކަން އެންމެނަށްޗެސް އެނގޭ.. މާ ފާޅުކަން ބޮޑުކޮށް އެކަންކަން ހިންގާ ތަނަކު އެތައް މިލިޔަން މީހުން އުޅޭ ޤައިރު މުސްލިމު ގައުމެއްގަ ތިވަރުކަމެއް ހިންގުމުން ޚަބަރަކަށް ވީތީ ހައިރާންވޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: