ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް އިންސާފު ލިބޭނީ ރައީސް ޔާމީންގެ ވެރިކަމުގައި: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފު ލިބޭނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ “އާސްކް ސްޕީކަރ” ޕްރޮގްރާމްގައި ރައީސް ނަޝިދު ދެއްކެވި ވާހަކަތަކާއި މެދު ކަންބޮޑުވާކަމަށެވެ. އަދި ރައީސް ނަޝީދަށް މި ވެރިކަމުގައި އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް ނަޝިދަށް އިންސާފު ލިބޭނީ 2023 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާއި ހަވާލުވުމަށްފަހުގައި ކަމަށެވެ. ޝިޔާމް ވިދާޅުވީ ތަހުގީގު ކުރިއަށްދާ ގޮތް އެމަނިކުފާނަށް ނޭނގޭކަމަށް ވިދާޅުވުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިފައިވާ އަނިޔާތަކާއި ހާނިއްކަތަކުގެ ވާހަކަތައް ހިއްސާކުރެއްވުމުން އެކަމާއި ވަރަށް ހިތާމަކުރައްވާކަމަށް ވިދާޅުވިއެވެ.

“މިއިއްޒަތްތެރި މަޖިލީހުގެ ރައީސް، ވެރިކަން ކުރާ ޕާޓީގެ ރައީސް، 2023 ވަނަ އަހަރު އެމްޑީޕީގެ ކެންޑިޑޭޓަށް ދެވުނު ހަމަލާ ތަހުގީގުކޮށް އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލަން. މިސަރުކާރުން އެމަނިކުފާނަށް އިންސާފު ހޯދައިދޭން ފެއިލްވާނެކަން އަޅުގަނޑުމެންނަށް އެނގޭ.” ޝިޔާމް

ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް އިންސާފު ހޯދައި ދެވޭނީ 2023 ވަނަ އަހަރު ރައީސް ޔާމީނަށް ވެރިކަން ލިބުމުންކަމަށެވެ. އަދި މިވެރިކަމުގައި ރައީސް ނަޝީދަށް އިންސާފު ލިބޭނެކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ.

ރޭ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ހަމަލާ ދިނުމުގައި ސަރުކާރުގެ ބައިވެރިވުމެއް އޮވެދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ހަމަލާގެ އަސްލާއި ހަމައަށް ނުދެވިއްޖެނަމަ އެއީ ސަރުކާރުގެ ފެއިލްވުމެއްކަމަށް ގަބޫލު ކުރައްވާނެކަމަށް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރާއި ޕޮލިސް ކޮމިޝަނާ ހަމީދާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން ރައީސް ނަޝިދު ވަނީ ޑިފެންސް މިނިސްޓަރާއި މެދު ވަކި އެއްޗެއް ނުދަންނަވާނެކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރާއިމެދު އެއްޗެއް ދަންނަވަން އެނގޭނީ އިންކުއަރީއަށް ފަހުގައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނީ، 2023 ވަނަ އަހަރުގެ ވެރިކަމާއި ހަވާލުވެ ރައީސް ޔާމީންކަމަށް ޝިޔާމް ވިދާޅުވީއިރު ރައީސް ނަޝީދު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. އަދި ޕާޓީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރައްވާނީ އެމަނިކުފާނުކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އޮންނާނެ ވެރިކަމުގެ ނިޒާމަކާއި މެދު ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަމަށެވެ. އަދި އިންތިހާބުގެ ކުރިން ނިޒާމު ބަދަލު ކުރެވިއްޖެނަމަ އެމަނިކުފާނު ހުންނަނީ ބޮޑުވަޒީރަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: