ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޔަރު އުރަހަ ބޭރުކުރަން އުޅުނު ދެ މީހަކަށް ދައުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭން މިޔަރު އުރަހަ ބޭރުކުރަން އުޅުނު ދެ މީހަކަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި މިއަދު ދެ މީހަކަށް ދައުވާކޮށްފައިވާ ކަމަށާއި މިކަމުގައި ޝާމިލުވާ އިތުރު މީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.

ކަސްޓަމްސް އިން ބުނީ 21 ފޮށީގައި ބަންދުކޮށްފައިވާ މިޔަރު އުރަހަ ހުރީ ލޮނު މަސް ޝިޕްމެންޓެއްގެ ގޮތުގައި ކަމަށެވެ. އަދި މިޔަރު އުރަހަ ތަކުގެ ބަރުދަނުގައި 429 ކިލޯ ހުންނާނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: