ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލިއާގެ ގޮއްވާލަން ބުނި މީހާގެ ބަންދަށް ހަތް ދުވަސް

ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިފި އެވެ.

މުލިއާގެ ކައިރިން ދަމުން ބޮމެއް އޮތް ކަމަށް ބުނުމުން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ދެ މީހުންގެ ތެރެއިން އެކަކު ވަނީ ފަހުން ދޫކޮށްލާފައެވެ.

ހައްޔަރުކުރި އަނެއް މީހާއަކީ ބޮމެއް އޮތް ކަމަށް ބުނި މީހާއެވެ. އޭނާގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ އިއްޔެ އެވެ.

މުލިއާގެ ކައިރިން ދަމުން ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު މުލިއާގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: